އެފްއޭކަޕް ފުޓް ބޯޅަ މުބާރާތުން ވިޔަންސާ ވަކިވެއްޖެ
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުން ކުލަބް ވިޔަންސާ ވަކިވެއްޖެ އެވެ.
ވިޔަންސާ މުބަރާތުން ވަކިވިކަން އެ ޓީމްގެ ޗެއާމަން މުޙައްމަދު ވިޝާން މިއަދު "ސަން" އަށް ކަށަވަރު ކޮށްދެމުން ބުނީ، މުބާރާތުން ޓީމް ވަކިވީ ތަފާތު ގިނަ މައްސަލަތައް ޓީމަށް ދިމާވުމުން އަންނާތީ ކަމަށެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ، މުބާރާތުގައި ވާދަކުރާވަރަށް ވުރެވެސް، ވިޔަންސާގެ ސްކޮޑް ދައްވުމުން ކަމަށެވެ. އަދި މުބާރާތުން ވަކިވާން އެފްއޭއެމް އަށް ސިޓީ ފޮނުވި ނަމަވެސް، އެފްއޭއެމް އިން ޖަވާބެއް އަދި ނުލިބޭ ކަމަށް ވިޝާން ބުންޏެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި އަންނަ ހުކުރު ދުވަހުގެ ރޭ ވީބީ ސްޕޯޓްސްއާ ދެކޮޅަށް ނުކުންނަ ވިޔަންސާ، މުބާރާތުގައި ބައިވެރި ނުވުމުން، ވީބީ އަށް ވަނީ ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުވެފަ އެވެ.
"އެފްއޭ ކަޕުން ވަކިވާން ނިންމީ އެ ޓީމުގެ ސްކޮޑު ނިކަމެތިވެފައިވާތީ. ކުޅުންތެރިން ވެސް ނެތުމާ އެކު.މައްސަލަތަކެއް ވެސް ހުރުމާ އެކު. މުބާރާތުގައި ވަދަކުރާނީ ވަރަށް ވަރުގަދަ ޓީމްތައް. ވިޔެންސާ މުބާރާތުގައި ވާދަކުރާނެ ފެންވަރެއް ނެތް،" ވިޝާން ބުންޏެވެ.
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުން ވިޔަންސާ ވަކިވިކަން އެފްއޭއެމް އިން ވެސް މިއަދު ވަނީ "ސަން" އަށް ކަށަވަރު ކޮށްދީފަ އެވެ.
ވިޔަންސާ މުބާރާތުން ވަކިވުމުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން އެ ކްލަބާމެދު ފިޔަވަޅުއަޅާނެ އެވެ.
ވިޝާމް ވިދާޅުވީ މުބާރާތުން ވަކިވުމުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ވިޔަންސާ ޖޫރިމަނާކުރި ނަމަވެސް އެ ކްލަބަށް އެންމެ ރަނގަޅު ގޮތަކީ މުބާރާތުން ވަކިވުން ކަމަށް ގަބޫލްކުރެވޭ ކަމަށެވެ.
"މުބާރާތުން ވަކިވުމުން އެފްއޭއެމް އިން ފިޔަވަޅު އަޅާނެ. އަހަރުމެން ރިފަންޑު ދައްކާނަން" ވިޝާން ބުންޏެވެ.
މުބާރާތުން ވިޔަންސާ ވަކިވިނަމަވެސް، މުބާރާތުގައި ދެން ވާދަކުރާ ޓީމްތަކަކީ، ވިކްޓަރީއާ، ވީބީއާ، ނިއު ރޭޑިއަންޓާ، ވެލެންސިއާ އާއި މާޒިޔާ އަދި ދެވަނަ ޑިވިޝަންގެ ކްލަބު ރިވަ ސައިޑެވެ.

ގުޅޭ ޓެގު
[8]ページ先頭
©2009-2025 Movatter.jp