Movatterモバイル変換


[0]ホーム

URL:


Sign inRegisterClassifiedsDho!?The EditionContact UsiReportermenu icon image
twitterfacebookinstagramyoutube
30.97°C
Tuesday 1 April, 2025
ކުޅިވަރު

10 އަހަރަށް ފަހު ފޯކައިދޫ ތަށްޓާ ދިމާލަށް

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފޯކައިދޫ ޓީމުގެ ޓެކްނިކަލް ޑައިރެކްޓަރު އަހުމަދު އާސިފް .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

09 މެއި 2018 - 13:26

5 comments

ށ. ފޯކައިދޫ އަކީ މީގެ 10 އަހަރު ކުރިން 2007 ވަނަ އަހަރު ރާއްޖޭގެ އަތޮޅު ޗެމްޕިއަނެވެ. އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ފޯކައިދޫ މިހާރު އެ މަސައްކަތްކުރަނީ އަނެއްކާ ވެސް އެ އަމާޒަށް ވާސިލްވުމަށެވެ. މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި ހޯދަން މާދަމާރޭ ގަލޮޅު ދަނޑުގައި ނުކުންނާނީ ތ. ތިމަރަފުށްޓާ ދެކޮޅަށެވެ.

"10 އަހަރު ފަހުން އެނބުރި ގަލޮޅު ދަނޑަށް މި އާދެވުނީ. ހަގީގަތުގައި ވަރަށް ކުޅެލާ ހިތުން ކުރީގެ ކުޅުނު ކުޅުންތެރިން ވެސް މިހާރުގެ ކުޅުންތެރިން ވެސް ތިބީ. އަޅުގަނޑުމެން 2005، 2006، 2007 މި ތިން އަހަރު ވެސް ފުރަތަމަ ޑިވިޝަން ކުޅުނިން. އަދި 2007 ވަނަ އަހަރު ޒޯން ޗެމްޕިއަންޝިޕް ކާމިޔާބު ކުރެވުނު. މިހާރު ހުރިހާ ކުޅުންތެރިން ވެސް ތިބީ އަލުން ކުޅެލާހިތުން،" މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފޯކައިދޫ ޓީމުގެ ޓެކްނިކަލް ޑައިރެކްޓަރު އަހުމަދު އާސިފް ބުންޏެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި 2015 ވަނަ އަހަރު ފޯކައިދޫ ސެމީ ފައިނަލުގައި ކުޅުނު ނަމަވެސް ފައިނަލުގެ ފުރުސަތު ނުލިބެ އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އެ ޓީމަށް މި މުބާރާތުގައި އެހާ ރަނގަޅު ކާމިޔާބެއް ނުލިބެ އެވެ. ފޯކައިދޫ އިން ބުރަ މަސައްކަތް ފެށީ އެ ހިސާބުންނެވެ.

"އެ ހިސާބުން ފެށިގެން އަޅުގަނޑުމެން އަޒުމް ކަނޑައެޅީ މި ކަން ނިންމާނީ މުބާރާތުގެ ތަށި ނަގާފައޭ. އެހެންވީމަ މި މަސައްކަތް ހަގީގަތުގައި ކާމިޔާބު ކުރުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުން ފެންވަރު ރަނގަޅު ކުޅުންތެރިން ގެނެސް ޓީމު މި އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. މި ދޭތެރެއިން މި ދިޔަ މުއްދަތުގައި ވަރަށް ބައިވަރު މަސައްކަތް ކުރެވުނު. ރަށުގައި ވެސް ރަނގަޅު މުބާރާތްތަކެއް ބޭއްވުނު." އާސިފް ބުންޏެވެ.

އޭނާ ބުނީ ފައިނަލަށް ނުކުންނަނީ ކުރިން އަހަރުތަކުގެ ތަޖުރިބާއާ އެކީގައި ބޮޑެތި ކަންތައްތަކެއްކޮށް ވަރަށް ބޮޑަށް ތައްޔާރީތަކެއް ވުމަށް ފަހު ކަމަށެވެ.

"ޓީމު ހަމަ އެއްކޮށް ފިޓްކޮށް މިއޮތީ. ވަރަށް ބޮޑު އުއްމީދަކާ އެކީ ފައިނަލް މެޗު ކާމިޔާބުކުރަން މި ނުކުންނަނީ. މުބާރާތުގައި އިދިކޮޅު ޓީމުތަކުން ވެސް ކުޅެފައި ހުރި ހުރިހާ މެޗުތަކެއް މިހާރު ބަލާފައި ހުންނާނީ. އެފްއޭއެމުން މި ހުރިހާ މެޗެއް ވެސް ލައިވް ކޮށްދެއްވާފައިހުރީ. ފޭސްބުކުން މެޗުތައް ބަލާފައި ރަނގަޅަށް ތައްޔާރުވެފައި މި އޮތީ،" އާސިފް ބުންޏެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ފޯކައިދޫ ޓީމު. -- ފޮޓޯ: އެފްއޭއެމް

ފޯކައިދޫ ޓީމުގައި ރަށުގެ ފެންވަރު ރަނގަޅު ކުޅުންތެރިންނާއި ރަށުން ބޭރުގެ ކުޅުންތެރިންގެ އިތުރުން ބިދޭސީ ކުޅުންތެރިން ވެސް ވަނީ ހިމަަނައިފަ އެވެ. ފޯކައިދޫ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު ކުރިއަށް ކުޅޭ މުހައްމަދު ފާރިޝް އަކީ ކުރިން ވެލެންސިއާ އަށް ކުޅުނު ކުޅުންތެރިއެކެވެ. އަދި އެ ޓީމުގެ ހުސެން ލައްމާން ވަނީ ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް ކުޅެފަ އެވެ.

"ރަށުގައި މި ވަގުތު ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި. ދެން މި މުބާރާތުގައި ވެސް އަޅުގަނޑުމެން 21 އަހަރުން ދަށުގެ ރަށުގެ ނުވަ ވަރަކަށް ކުރިން ހިމަނާފައިވާނީ. ފުޓްބޯޅައިގެ ކުރިމަގު ވަރަށް ރަނގަޅަށް އޮތީ. ރާއްޖޭން ބޭރު ކުޅުންތެރިންނާ ރަށުގެ ކުޅުންތެރިންނާ އެކީގައި ޓީމުގެ 30 ސްކޮޑުގައި ހިމެނޭނެ،" ފޯކައިދޫ ޓީމާ ބެހޭ ގޮތުން އާސިފް ބުންޏެވެ.

ފައިނަލް މެޗަށް ނުކުންނައިރު ފޯކައިދޫ އަށް ލިބިފައި އޮތް އެންމެ ބޮޑު ހިތްވަރަކީ ސެމީ ފައިނަލުގައި ފ. ނިލަންދޫގެ މައްޗަށް ހޯދުނު މޮޅެވެ.

"ދެ ފަޅިއަކަށް ބެހިފައި އޮންނައިރު އަޅުގަނޑުމެންނަށް ބޮޑަށް ކުޅެން މި ލިބެނީ އުތުރުގެ ޓީމުތަކާ އެކީގައި. ދެކުނު ޓީމުތަކާ ވާދަކޮށްލިއިރު އެ ޓީމުތަކާ ދެކޮޅަށް ރަނގަޅު ފައިޓެއް ދެވުން އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ނިލަންދޫގެ މައްޗަށް ކުރި ހޯދުމަކީ މުބާރާތް ކާމިޔާބު ކުރުމަށް ލިބުނު ހިތްވަރެއް." އާސިފް ބުންޏެވެ.

ފޯކައިދޫ ޓީމުގެ ކެޕްޓަން ހުސެއިން ފަޒީލް ބުނީ މުޅި ޓީމު އޮތީ އެއް ރޫހެއްގައި ފައިނަލަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށެވެ.

"ޓީމުގެ ރޫހު ފައިނަލް މެޗަށް ނުކުންނައިރު ވަރަށް ރަނގަޅަށް އޮތީ. ވަރަށް ބޮޑަށް ކިކުގައި ކަމަށް ބެލެވެނީ ޓީމު އޮތީ. ފައިނަލް މެޗު ކާމިޔާބުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ. ހުރިހާ ކުޅުންތެރިން ވަރަށް ފޯރި އާއި ޖޯޝުގައި ތިބީ،" ފަޒީލް ބުންޏެވެ. "ސަޕޯޓަރުންނަށް ބުނެލަން އޮތީ ދަނޑަށް ވަދެ ވީހާ ވެސް ސަޕޯޓް ކޮށްދެއްވާށޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކުޅުންތެރިން ވެސް މި ތިބީ ވަރަށް ކިކުގަޔޭ ތަށި ހޯދައިގެން ރަށަށްދާން."

ފޯކައިދޫ އާއި ތިމަރަފުށި ކުޅޭ ފައިނަލް މެޗު އޮންނާނީ މާދަމާރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގަ އެވެ.

ށ. ފޯކައިދޫއެފްއޭއެމް އަތޮޅު ފުޓްބޯޅަ މުބާރާތް

5 ކޮމެންޓް, 45 ރިއެކްޝަންސް

icon happyicon happy98%
icon sadicon sad0%
icon angryicon angry2%
icon wowicon wow0%
icon inloveicon inlove0%
sign-in-facebooksign-in-facebooksign-in-facebook
RegisterSign in
The name is already takenThe name is available.Register?

މަގްބޫލް ލިޔުންތައް

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުލޫ

10 May 2018

ޓީމް ތައް ފޮނިއުއްމީދާއި އެކު ގަދައަޅާ މަސައްކަތް ކުރިއަސް ޓީމް ތަކުން ހޯދާއި ތަށްޓާއި ފައިސާގެ އިނާމްތަން ރަމްޒީކޮށް ދިންކޮށްލިޔަސް 3 ހަތަރު ވާއިރު އެ ފައިސާ ނުލިބެންޏާ ޓީމް ތައް މިޖަހަނި ވަޅު. މި އަދު ގެ ފުޓްބޯޅާއިގަ މައިއިދާރަވަނީ ފެއިލުވެފަ. މިދިޔަ އަހަރު ތަކުގަ ޓީމްތަކަށް ދޭންޖެހޭ އެއްވެސް ރުފިޔާއެއް ނުދޭ އަދިވެސް. މީ ބޮނޑްވަރު. މިލިޔަނަކާއި ކައިރި ކުރާވަރަށް ބައެއް ޓީމްތަކަށް ލިބެންޖެހޭ ފައިސާ އެބަހުރި. ބަންސާމްތީ މިހާތަނަށް އެފްއޭއެމް ގެ ރައީސް އަށް ނާގާބިލު ވެރިޔާ

commnet reply icon
The name is already takenThe name is available.Register?

އިނާޝާ

09 May 2018

ޓީމް ތައްޓާއި އެކު ރަށަށް އަންނާތި. އެއްފަހަރު ވީދައިގެން ކޭމާ އަނެއްފަހަރު ކާން ހުންނާނެ ނަަމަ ވީދައިގެން ކާންވެސް ތައްޔާރަށް މިތިބީ. ތައްޓާއި އެކު އާދޭ

commnet reply icon
The name is already takenThe name is available.Register?

ފުންއަސަރު

09 May 2018

މަވެސް ފޯކައިދޫ. މަވެސް މިހުރީ އެދުވަސް ހަނދާން ނައްތާލާ އާފެށުމަކުން ފަށަން ތައްޔާރަށް. އިއްބެއާ ބުނާކަށް އެއީ ދުވަހެއް. މަހަމަ ލަދުން ބޯހަލާކުވި ދުވަހެއް. އެކަމަކު އެއީ މީގެ އެތައްދުވަހެއްކުރި. ސޯޅަސަތާރަ އެއީ ހިސާބު އަދަދުތައްކަން މިހާރު ހަނދާނަކު ނެތް. އޯކޭ ފޯކައިދޫއަށް ކާމިޔާބަށްއެދެން.

commnet reply icon
The name is already takenThe name is available.Register?

ޭއަބޫބަކުރު

09 May 2018

ޢަމިއްލަ ދަނޑުގަ ކަލޭމެން ގަދަވާނީ.ނޫން އަދި އެފްއޭއެމް ގަނެލައިގެން ތިކަން ވެދާނެ.ސައިޑް ލަޑު ޖަހާގެން މޮޅުވާނެ.

commnet reply icon
The name is already takenThe name is available.Register?

ތަމީމް

09 May 2018

އިއްބެމެންގެ ޓީމަށް ރަނގަޅު ކާމިޔާބީ އަކަށް އެދެން...

commnet reply icon
The name is already takenThe name is available.Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Mihaaru Print Edition

Important Links

Download Mihaaru News App

playstore-iconappstore-icon

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo
  • twitter
  • facebook
  • instagram
  • youtube

Copyright © 2025 Mihaaru ·Terms and Conditions ·Privacy Policy


[8]ページ先頭

©2009-2025 Movatter.jp