Movatterモバイル変換


[0]ホーム

URL:


Jump to content
ވިކިޕީޑިއާމިނިވަން އެކުމާފާނު
ހޯއްދަވާ

ޓޮންސިލް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ޓޮންސިލް(އިނގިރޭސި ބަހުން:Tonsil) އަކީ ކަރުތެރެއިން ދެފަރާތުގައި ހުންނަ ލިމްފޮއިޑް ޓިޝޫތަކެކެވެ. އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީއަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އަށެވެ .މިއީ ހަގީގަތުގައި ޓޮންސިލްގެ ވައްތަރުތަކުގެ ތެރެއިން ތަލީގެ ޓޮންސިލް އެވެ.


ޓޮންސިލްގެ ވަޒީފާ

[އުނިއިތުރު ގެންނަވާ]

ޓޮންސިލް އަކީލިމްފަޓިކް ނިޒާމްގެ އެހެން ބައިތަކޭ އެއްގޮތަށް ހަށިގަނޑުގެ ދިފާޢީ ނިޒާމްގައި ޝާމިލްވެ، ބައިވެރިވާ ޓިޝޫ އެކެވެ. އެގޮތުން ތަފާތު އިންފެކްޝަން ތަކުން ހަށިގަނޑު ރައްކާތެރި ކޮށްދިނުމުގައި ބައިވެރި ވެއެވެ. ޚާއްޞަކޮށް،އަރުތެރެ އަދިނޭވާލާ ނިޒާމްގެ އިންފެކްޝަން ތަކުން ރައްކާކޮށް ހިމާޔަތް ކުރުމުގައި ޓޮންސިލް ބައިވެރިވެއެވެ.


ޓޮންސިލްގެ ވައްތަރުތައް

[އުނިއިތުރު ގެންނަވާ]

އަރުގެ ޓޮންސިލް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު:އަރުގެ ޓޮންސިލް

އަރުގެ ޓޮންސިލް(އިނގިރޭސި ބަހުން:Pharyngeal tonsil)އަކީނޭފަތްގެ ފަހަތުންނޭފަތާގުޅޭ އަރުތެރެގެ ފުރާޅުގައި އިންނަ ލިމްފޮއިޑް ޓިޝޫ ބޮޑިއެކެވެ.

އަރުގެ ޓޮންސިލް އަކީ ވެސް ދިފާޢީ ނިޒާމްގައި ބައިވެރިވާ ޓިޝޫ އެކެވެ. ހަށިގަނޑަށް ވަންނަ ބެކްޓީރިޔާ، ވައިރަސް ފަދަ ތަކެތި އަތުލައިގަތުމުގެ އިތުރުން އަރުގެ ޓޮންސިލް އިން ހަށިދަމަނަ(އިނގިރޭސި ބަހުން:Antibodies) ވެސް އުފައްދައެވެ. އަރުގެ ޓޮންސިލް އިންނަނީ ނޭފަތުގެ ފަހަތުން ކަމަށްވާތީ ނޭވަޔާއެކު ހަށިގަނޑަށް ވަންނަ ނުރައްކާތެރި މާއްދާތަކުން އަރުގެ ޓޮންސިލް ހަށިގަނޑު ރައްކާތެރި ކޮށްދެއެވެ. އުމުރުން ދުވަސްވާރަކަށް މިމަސައްކަތް އަރުގެ ޓޮންސިލް އިން ކުރާލެއް މަދުވެއެވެ. ސަބަބަކީ ބާލިޣުވާ ތަނާހެން ކަހަލަ ގޮތަކަށް އާންމު ގޮތެއްގައި އަރުގެ ޓޮންސިލް ހިދޭތީއެވެ. އެހެންކަމުން އަރުގެ ޓޮންސިލް ދުޅަވެ ބޮޑުވުން އުމުރުން ދުވަސްވީ ނުވަތަ ފުރާފުރިހަމަވެފައިވާ މީހުންނަށް ކުރިމައްޗެއް ނުވާނެއެވެ.

އަރުގެ ޓޮންސިލް ދުޅަވެއްޖެނަމަ ޕިންޕިން ބޯޅައެއް ވަރަށް ބޮޑުވެގެންދެއެވެ. އަދި ވައި ދައުރުކުރާމަގު އެއްކޮށް ބެދިގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ނޭވާލުމުގައި ހުރަސްތަކާއި ކުރިމަތި ލާންޖެހެއެވެ.

އަރުގެ ޓޮންސިލްގެ އެޕިތީލިއަމް ގައި ހުންނަނީ ސޫޑޯސްޓްރެޓިފައިޑް ކޮލަމްނާރ އެޕިތީލިއަމް(އިނގިރޭސި ބަހުން:Pseudo stratified columnar epithelium) އެވެ. މީގެ އިތުރުން ޓޮންސިލްގެ އެހެން ވައްތަރުތަކާއި ޚިލާފަށް އަރުގެ ޓޮންސިލް ގައި ކްރިޕްޓް(އިނގިރޭސި ބަހުން:Crypt) އެއް ނުހުންނާނެއެވެ.

  • ނޯޓް: އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީއަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އަށެވެ .މިއީ ހަގީގަތުގައި ޓޮންސިލްގެ ވައްތަރުތަކުގެ ތެރެއިން ތަލީގެ ޓޮންސިލް އެވެ.

ތަލީގެ ޓޮންސިލް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު:ތަލީގެ ޓޮންސިލް

ތަލީގެ ޓޮންސިލް (އިނގިރޭސި ބަހުން:Palatine tonsil) އަކީއަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އެވެ.އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީ ތަލީގެ ޓޮންސިލް އަށް ނިސްބަތްކޮށެވެ. އަނގައިގެ ފަހަތުން ދެފަރާތުގައި ވެސް ތަލީގެ ޓޮންސިލް ހުންނާނެއެވެ. ތަލީގެ ޓޮންސިލް އެންމެ ބޮޑުވަނީ ބާލިޣުވާ އުމުރަށް އެޅުމުންނެވެ. އެއަށްފަހު މަޑުމަޑުން ޓޮންސިލް ހިދެން ފަށައެވެ. ޓޮންސިލް ދުޅަވެ، އުދަގޫތަކާއި ކުރިމަތިވުން ތަކުރާރުވާނަމަ ޓޮންސިލް އޮޕަރޭޝަން ކޮށްގެން ނެގުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.

ތަލީގެ ޓޮންސިލް ގައި ހިމެނޭ ބީ ސެލް ތަކުން ތަފާތު ވައްތަރުގެ އިމިއުނޯގްލޯބިއުލިން ތައް އުފައްދައެވެ. އަދި ތަފާތު ބަލިތަކާއި ދެކޮޅަށް މަސައްކަތް ކުރާނޭ ހަށިދަމަނަ ތައް ވެސް އުފައްދައެވެ. މީގެ އިތުރުން ސައިޓަކީން(އިނގިރޭސި ބަހުން:Cytokine) ގެ މަސައްކަތް ޓޮންސިލް އިން ފުރިހަމަކުރާކަމަށް މިހާރުވަނީ ހޯދިފައެވެ. ސައިޓަކީން އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ މަސައްކަތުގައި ބައިވެރިވާ ގްލައިކަޕްރޮޓީން އެކެވެ.

ތަލީގެ ޓޮންސިލް ހުންނަނީ އަނގައިގެ ތެރެއިން ފަހަތުގައި ކަމަށްވުމުން، މިތަނަކީނޭވާލާ ނިޒާމް އަދިހަޖަމުކުރާ ނިޒާމް ގެ ފެށޭ ހިސާބަށް ވުމުން، ތަފާތު ވައްތަރުގެ ޖަރާސީމްތައް މިބުނި ދެނިޒާމަށް ދިއުމަށް ތަލީގެ ޓޮންސިލްގެ ސަބަބުން ހުރަސް އަޅައެވެ. އަދި މިއީއަނގަޔާގުޅޭ އަރުތެރެގައި އިންނަ ދިފާޢުކުރުމުގެ ބާރު އެންމެ ގަދަ އެއް ޓިޝޫ އެވެ.

ތަލީގެ ޓޮންސިލް ގައި ގިނައަދަދަކަށް ކްރިޕްޓް(އިނގިރޭސި ބަހުން:Crypt) ހުރެއެވެ. އަދި މިޓޮންސިލްގެ އެޕިތީލިއަމް ގައި ހުންނަނީ ނޮން-ކެރަޓިނައިޒްޑް ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް(އިނގިރޭސި ބަހުން:Non-keratinized Stratified squamous epithelium) އެވެ. ތަލީގެ ޓޮންސިލް ގައި 30-10 އާއި ދެމެދުގެ އަދަދަކަށް ކްރިޕްޓް ހުރެއެވެ. މެކްރަފޭޖް ތަކާއިލޭގެ ހުދު ސެލްތައް މިކްރިޕްޓް ތަކުގައި ހުރެއެވެ.

  • ނޯޓް: އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީއަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އަށެވެ .މިއީ ހަގީގަތުގައި ޓޮންސިލްގެ ވައްތަރުތަކުގެ ތެރެއިން ތަލީގެ ޓޮންސިލް އެވެ.

ދުލުގެ ޓޮންސިލް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު:ދުލުގެ ޓޮންސިލް

ދުލުގެ ޓޮންސިލް(އިނގިރޭސި ބަހުން:Lingual tonsil) އަކީ ދުލުގެ ފަހަތުބައިން މަތީގައި ވަށްކޮށް އެތުރިފައި ހުންނަ ލިމްފެޓިކް ޓިޝޫ ބޮޑިއެކެވެ. އެހެންކަމުން ދުލުގެ ޓޮންސިލް ހުންނާނީ ދުލުގެ އެތެރެއިން ފެށޭތަނުން ނުވަތަ ދުލުގެ ފަހަތުބައިގައެވެ. ދުލުގެ ޓޮންސިލްގައި ހުންނަނީ ނޮން-ކެރަޓިނައިޒްޑް ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް(އިނގިރޭސި ބަހުން:Non-keratinized Stratified squamous epithelium) އެވެ.

ދުލުގެ ޓޮންސިލް ހުންނަނީ ދުލުގެ އަނގަ ތެރޭގައިވާ ބައި އާއި، ދުލުގެ އަރުތެރޭގައިވާ ބައި ވަކިކޮށްދޭ ވީ އަކުރެއްގެ ބައްޓަމަށް އިންނަ އަޑިކޮޅު ކަމުގައިވާ ސަލްކަސް ޓާމިނާލިސް(އިނގިރޭސި ބަހުން:Sulcus terminalis) ގެ ފަހަތުންނެވެ. ދުލުގެ ޓޮންސިލް ގައި ވެސް ކްރިޕްޓް ހުރެއެވެ.

  • ނޯޓް: އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީއަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އަށެވެ ..މިއީ ހަގީގަތުގައި ޓޮންސިލްގެ ވައްތަރުތަކުގެ ތެރެއިން ތަލީގެ ޓޮންސިލް އެވެ.
https://dv.wikipedia.org/w/index.php?title=ޓޮންސިލް&oldid=114235 އިން
ޤިސްމު:

[8]ページ先頭

©2009-2025 Movatter.jp