Republic of Serbia Република Србија / Republika Srbija |
|---|
|
|
|
|
 Location of Serbia (dark and light green) – Kosovo (light green) on the European continent (green + dark grey) |
|
| ވެރިރަށް and largest city | Belgrade |
|---|
| ރަސްމީ ބަސްތައް | Serbian1 |
|---|
| ޑިމޮނިމް | Serb, Serbian |
|---|
| ސަރުކާރު | Parliamentary republic |
|---|
|
| Boris Tadić |
|---|
| Mirko Cvetković |
|---|
|
|
|---|
|
| 850 |
|---|
• Medieval Kingdom | 1217 |
|---|
| 1345 |
|---|
| 14592 |
|---|
| 15 February 1804 |
|---|
| 25 November 19183 |
|---|
• Independent Republic | 5 June 2006 |
|---|
|
ސަރަޙައްދު |
|---|
• Total | [convert: invalid number](113th) |
|---|
• Water (%) | 0.13 |
|---|
އާބާދީ |
|---|
• 2009 estimate | 7,498,001[1] (excl.Kosovo) |
|---|
• Density | 10,746/km2 (27,832.0/sq mi)(94th) |
|---|
| ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
|---|
• ޖުމްލަ | $79.798 billion[2](72nd) |
|---|
• ބޮލަކަށް ޖެހެނީ | $10,810[2] (excluding Kosovo)(74th) |
|---|
| ޖީޑީޕީ (nominal) | 2008 estimate |
|---|
• ޖުމްލަ | $50.061 billion[2](73rd) |
|---|
• ބޮލަކަށް ޖެހެނީ | $6,782[2] (excluding Kosovo)(70th) |
|---|
| ޖިނީ (2007) | .24 low |
|---|
| އެޗްޑީއައި (2006) | 0.821 very high (65th) |
|---|
| ފައިސާ | Serbian dinar (RSD) |
|---|
| ޓައިމް ޒޯން | ޔޫޓީސީ+1 (CET) |
|---|
| ޔޫޓީސީ+2 (CEST) |
|---|
| ޑްރައިވިންގ ސައިޑް | right |
|---|
| ކޯލް ކޯޑް | 381 |
|---|
| އައިއެސްއޯ 3166 ކޯޑް | RS |
|---|
| އިންޓަރނެޓް ޓީއެލްޑީ | .rs |
|---|
|
1Albanian, Bosnian, Bulgarian, Bunjevac, Croatian, Hungarian, Romanian, Romany, Rusyn, Slovak, Ukrainian and Vlach[3] are recognized by the ECRML2 Serbian dynasty, nobility tributed toHungary until 1540.[4][5] Serbia was briefly reestablished byJovan Nenad 1526–27.
3Preceded by the unification with Raška, Kosovo and Syrmia |
ސާބިޔާއަކީ މެދުތެރޭ އަދި އިރުދެކުނު ޔޫރަޕަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ.
ސާބިޔާގެ ރަސްމީ ބަހަކީ ސާބިޔަން ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސާބްސް ނުވަތަ ސާބިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބަލްގްރޭޑެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 9 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 86 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 88361 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ rs. އެވެ. ކޯލިން ކޯޑަކީ +381 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސާބިޔަން ދީނާރެވެ.
ސާބިޔާގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ސާބިޔާއެވެ.
ސާބިޔާގެ އުތުރުގައި އޮތީ ހަންގޭރީއެވެ. އިރުމަތީގައި އޮތީ ރުމޭނިޔާ އާއި ބަލްގޭރިޔާއެވެ. ދެކުނުގައި އޮތީ ރިޕަބްލިކް އޮފް މެސެޑޯނިޔާ އާއި ކޮސޯވޯއެވެ. ހުޅަނގުގައި އޮތީ ކްރޮއޭޝިޔާ އާއި ބޮސްނިޔާހެރްޒެގޮވީނާ އާއި މޮންޓިނީގްރޯއެވެ.
އާސާރީ ހޯދުންތަކުން ދައްކާ ގޮތުގައި ސާބިޔާއަކީ ދިގު އަދި މުއްސަނދި ތާރީޚެއް އޮތް ތަނެކެވެ. މީލާދުގެ ކުރީގެ ފުރަތަމަ ޤަރުނުގައި ރޯމަނުން މި ސަރަޙައްދު ފަތަޙަ ކުރުމުގެ ކުރީގައި ވެސް ސާބިޔާގައި މީހުން ދިރިއުޅެމުން އައިސްފައިވެއެވެ.މި ގޮތުން އޭރު ސާބިޔާގައި ވަޒަންވެރިވެފައިވާ އެއް ބަޔަކީ ސެލްތުންނެވެ. ސެލްތުން ވަނީ ސާބިޔާ ސަރަޙައްދުގައި ވަރަށް ގިނަ ކިއްލާތައް ބިނާކޮށް، އެތައް ޝަހަރެއްގެ ބިންގާ އަޅައިފައެވެ.މިއަދުގެ ސާބިޔާ ސަރަޙައްދުގައި ރޯމަން އެމްޕެރަރުންގެ ތެރެއިން މަދުވެގެން 17 ބޭފުޅުން އުފަންވެ ވަޑައިގެންފައިވެއެވެ. މިއީ ވެސް ރޯމަން އެމްޕަޔަރގެ ދުވަސްވަރުގައި މި ސަރަޙައްދުގެ މުހިއްމުކަން ދައްކައިދޭ ހެތްކެކެވެ. ސާބިޔާގެ ދައުލަތެއް ޤާއިމުވުން ގުޅިފައިވަނީ ބަލްކަން ސަރަޙައްދުގައި ދޮން ސާބުން ވަޒަންވެރިވުމާއެވެ. ސާބިޔާގެ މީހުން ނަޞާރާ ކުރުމުގެ އެންމެ ފަހު އަދި އެންމެ ކާމިޔާބު މަސައްކަތްތައް ހިނގާފައިވަނީ ޢީސާއީ މީލާދުގެ 867 އާއި 869 ވަނަ އަަހަރާ ދެމެދުގައެވެ.މީލާދީން 1459 އާއި 1791 ވަނަ އަހަރާ ދެމެދު ސާބިޔާ ސަރަޙައްދުގައި ހިނގާފައިވަނީ އުސްމާނީންގެ ވެރިކަމާއި އޮސްޓްރިޔާ މީހުންގެ ވެރިކަމެވެ.ސާބިޔާގެ އިންޤިލާބާއި މިނިވަންކަމުގެ ޙަރަކާތްތައް ހިނގާފައިވަނީ މީލާދީން 1804 ވަނަ އަހަރާއި 1878 ވަނަ އަހަރާ ދެމެދުގައެވެ.މީލާދީން 1804 ވަނަ އަހަރުން 1817 ވަނަ އަހަރަށް ދެމިގެން ދިޔަ އިންޤިލާބީ ޙަރަކާތަކީ މިއަދުގެ މިނިވަން ސާބިޔާ ޤާއިމުވުމުގެ މައިގަނޑު ސަބަބެވެ. އުސްމާނީންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުޅިން ނަޞާރާ އާބާދީއެއް ސުލްޠާންއާ ދެކޮޅަށް ތެދުވީއެވެ. ފުރަތަމަ އިންޤިލާބަށް ފަހުގައި މާ ގިނަ ދުވަހެއް ނުވަނީސް އުސްމާނީން ވަނީ އަނެއްކާ ވެސް މި ސަރަޙައްދުގައި އެމީހުންގެ ވެރިކަން އިޢާދަކޮށްފައެވެ. ސާބިޔާގެ ތާރީޚަށް ބަލާއިރުގައި އެންމެ ފުރަތަމަ މިނިވަން ދައުލަތެއް ޤާއިމުވީ މީލާދީން 850 ގައެވެ. މެދުޒަމާނުގެ ރަސްކަން ފެށިފައިވަނީ މީލާދީން 1217 ގައެވެ. ސާބިޔަން އެމްޕަޔަރ ޤާއިމުވީ 1345 ގައެވެ. ސާބިޔާގެ މިނިވަންކަން ގެއްލުނީ 1459 ގައެވެ. ސާބިޔާގެ އިންޤިލާބުގެ ދުވަހަކީ 15 ފެބުރުއަރީ 1804 އެވެ. ވޮޖްވޮދީނާ އާއި ޔުނިފައިވެފައިވަނީ 25 ނޮވެންބަރު 1918 ގައެވެ. މިނިވަން ޖުމްހޫރިއްޔާއެއްގެ ގޮތުގައި މިހާރުގެ ސާބިޔާ ޤާއިމުވީ 5 ޖޫން 2006 ގައެވެ.
ސާބިޔާގެ ރައްޔިތުން ނިސްބަތްވާ ނަސްލުތަކަށް ބަލާއިރުގައި ހަންގޭރީން، ބޮސްނިއާކުން، އަލްބާނީން، ރޯމާ ޖިޕްސީން، ކްރޮއަތުން، ޗެކުން، ސްލޮވެކުން، މެސެޑޯނިޔަނުން، ބަލްގޭރިޔަނުން، ރުމޭނިޔަނުން، ޖަރުމަނުން، ސީނީން، ހިމެނެއެވެ.ރޯމާ ޖިޕްސީންގެ ތެރެއިން 500000 އެއް ހައި މީހުން ސާބިޔާގައި ދިރިއުޅެއެވެ.
ސަގާފަތަށް ބަލާއިރުގައި ސާބިޔާއާ އެންމެ ގާތް ގުޅުމެއް އޮތް އެއް ޤައުމަކީ ރަޝިޔާއެވެ. ސާބިޔާ މީހުންނަކީ “މޯސްޓް ވެސްޓަނައިޒްޑް އޮފް ދަ އީސްޓަން އޮތޮޑޮކްސް ޕީޕަލް” އެވެ. މި ތަޢާރަފުން ސާބިޔާގެ މީހުންގެ ސަގާފީ ގުޅުންތައް ހާމަވެގެންދެއެވެ.
މުޅި ދުނިޔޭގައި ހައްދާ ރާސްބެރީގެ ތެރެއިން 20% ރާސްބެރީ (ނުވަތަ ތޫތު) ހައްދަނީ ސާބިޔާގައެވެ.އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 10810 ޑޮލަރެވެ.