Location ofLebanon
ވެރިރަށްand largest city
Beirut ރަސްމީ ބަސްތައް Arabic ,French (conditional) [1] Spoken languages Arabic (Lebanese dialect ) ,French ,English ,Armenian ނަސްލު ގުރޫޕުތައް
95%Arab [2] , 4%Armenian , 1% other[ 1] ޑިމޮނިމް Lebanese ސަރުކާރު Confessionalist ,parliamentary republic [ 2] Michel Suleiman Saad Hariri Nabih Berri • Declared
26 November 1941 • Recognized
22 November 1943 ސަރަޙައްދު
• Total
10,452 km2 (4,036 sq mi) (166th ) • Water (%)
1.6 އާބާދީ
• 2009 estimate
4 224 000[ 3] (124th ) • Density
404/km2 (1,046.4/sq mi) (25th ) ޖީޑީޕީ (ޕީޕީޕީ ) 2009 estimate • ޖުމްލަ
$53.818 billion[ 4] • ބޮލަކަށް ޖެހެނީ
$13,952[ 4] ޖީޑީޕީ (nominal) 2009 estimate • ޖުމްލަ
$32.660 billion[ 4] • ބޮލަކަށް ޖެހެނީ
$8,467[ 4] އެޗްޑީއައި (2009) 0.803[ 5] Error: Invalid HDI value (83rd )ފައިސާ Lebanese pound (LBP )ޓައިމް ޒޯން ޔޫޓީސީ +2 (EET )ޔޫޓީސީ +3 (EEST )ޑްރައިވިންގ ސައިޑް right ކޯލް ކޯޑް 961 [ 6] އައިއެސްއޯ 3166 ކޯޑް LB އިންޓަރނެޓް ޓީއެލްޑީ .lb ^ Article 11 of theConstitution of Lebanon states that "Arabic is the official national language. A law shall determine the cases in which the French language is to be used."[ 2] ^ The Lebanese are ethnically a mixture of Phoenician, Greek, Armenian, and Arab elements.[ 7] Many Christian Lebanese do not identify as Arab, and prefer to be called Phoenician.[ 1]
ލުބުނާން ލުބުނާނަކީ، ހުޅަނގު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.
ލުުބުނާނުގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. މީގެ އިތުރުން ކޮންޑިޝަނަލް ރަސްމީ ބަހެއްގެ ގޮތުގައި ފަރަންސޭސި ބަސް ބޭނުންކުރެވެއެވެ. ލުބުނާނުގައި ވާހަކަ ދައްކާ ބަސްތަކަކީ އަރަބި ބަސް (ލުބުނާނު ލަހުޖާ) އާއި ފަރަންސޭސި ބަހާއި އިނގިރޭސި ބަހާއި އަރްމީނިޔަން ބަހެވެ.އިނގިރޭސި ބަހުން ލެބަނީޒްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބައިރޫތެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ.ލުބުނާނުގައި އޮންނަނީީ ކޮންފެޝަނަލިސްޓް، އަދި ބަރުލަމާނީ ޖުމްހޫރިއްޔާއެވެ.ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 124 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 10452 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ lb. އެވެ. ކޯލިން ކޯޑަކީ +961 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ލެބަނީޒް ޕައުންޑެވެ.
ލުބުނާނުގެ ނަން އައިސްފައިވަނީ ސާމީ ރޫޓް ބަހެއް ކަމުގައިވާ ލބނ އިންނެވެ. މީގެ މާނައަކީ “ހުދު” އެވެ. މި ނަން ނިސްބަތްކޮށްފައިވަނީ މައުުންޓް ލުބުނާނަށެވެ. އެއީ އެ ފަރުބަދަ މަތީގައިވާ ހުދުކުލައިގެ ބަރަފް (ސްނޯ)އަށް ނިސްބަތްކޮށެވެ.
ލުބުނާނުގެ އިރުމައްޗާއި އުތުރުގައި އޮތީ ސޫރިޔާއެވެ. ދެކުނުގައި އޮތީ އިސްރާއީލެވެ. މި ޤައުމު އޮންނަނީ މެދުތެރޭ ކަނޑުގެ އިރުމަތީ އައްސޭރީގައެވެ.
މެދުތެރޭ ކަނޑުގެ އައްސޭރީގައިވާ ޖިބީލް ނުވަތަ ބިބްލޯސްއަކީ ލުބުނާނު ސަރަޙައްދުގައި އެންމެ ކުރީން އާބާދުވި އެއް ޝަހަރެވެ. އަދި މުޅި ދުނިޔެއަށް ބަލާއިރު ވެސް މެދުކެނޑުމެއްނެތި މީހުން ދިރިއުޅެމުންދާ އެންމެ ދުވަސްވީ ޝަހަރުތަކުގެ ތެރެއިން އެއް ޝަހަރަކީ ޖިބީލްއެވެ. މި ޝަހަރު އާބާދުވެފައިވާ ކަމަށް އާސާރީ ހޯދުންތަކުން ދައްކަނީ އީސާއީ މީލާދުގެ 5000 އަހަރު ކުރީންނެވެ. ލުބުނާނުގެ އަޞްލު ރަށްވެހީން ކަމުގައި ފިނީޝިޔަނުންނަކީ ކަނޑު ދަތުރު ފަތުރަށް ވަރަށް ކުޅަދާނަ ބައެކެވެ. އުސްމާނީ ދައުލަތުގެ ބައެއްގެ ގޮތުގައި 400 އަހަރު ވަންދެން ލުބުނާނު އޮތެވެ. 1918 އަހަރުން ފެށިގެން ލުބުނާނު އޮތީ ފްރެންޗް މެންޑޭޓް އޮފް ސީރިޔާގެ ބައެއްގެ ގޮތުގައެވެ.ފަރަންސޭސި ވިލާތުގެ ކިބައިން މިނިވަންކަން އެ ޤައުމުން އިޢުލާންކޮށްފައިވަނީ 26 ނޮވެންބަރު 1941 ގައެވެ. މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަނެވުނީ 22 ނޮވެންބަރު 1943 ގައެވެ.
ލުބުނާނުގެ މިހާރުގެ އާބާދީއަށް ބަލާއިރު، އާބާދީގެ 95% އަކީ އަރަބި ނަސްލުގެ މީހުންނެވެ. 4% އަކީ އަރްމީނިޔަނުންނެވެ. 1% މީހުންނަކީ އެހެން ނަސްލުތަކަށް ނިސްބަތްވާ މީހުންނެވެ. މީގެއިތުރުން ސީރިޔާގެ 1.5 މިލިއަން މީހުން ރެފިއުޖީންގެ ގޮތުގައި ލުބުނާނުގައި ދިރިއުޅެއެވެ.
ލުބުނާނުގައި މީހުން އުޅޭ ތަފާތު ދީންތަކަށް ބަލާއިރުގައިސުންނީ މުސްލިމުން ނަކީ އާބާދީގެ 28% އެވެ.ޝީޢީން ނަކީ ވެސް އާބާދީގެ 28% އެވެ. 22% އަކީ މާރޫނީންނެވެ. 8% އަކީގްރީކް އޮތޮޑޮކްސް މީހުންނެވެ. 5% އަކީދުރޫޒުން ނެވެ. 4% އަކީގްރީކް ކެތަލިކުން ނެވެ. 5% އަކީ އެހެން ދީންތަކަށް ނިސްބަތްވާ މީހުންނެވެ. އަރަބި ޤައުމުތަކުގެ ތެރެއިން މުސްލިމުންގެ ނިސްބަތް އެންމެ ދަށް ޤައުމަކީ ލުބުނާނެވެ.
މިއަދުގެ ލުބުނާނު އޮތް ސަރަޙައްދަކީ ތަފާތު އެތައް ތަހުޒީބަކާއި ސަގާފަތްތަކެއް އައިސް ބައްދަލުވި ސަރަޙައްދެކެވެ. ޙަޤީޤަތުގައި ލުބުނާނަކީ ފޮއެނީޝިޔަނުންގެ އަޞްލު ވަޒަނެވެ.ލުބުނާނުގެ މައްޗަށް އޭގެ ފަހުން ބާރު ފޯރުވާފައިވާ މީހުންގެ ތެރޭގައި އާޝޫރީންނާއި ފާރިސީންނާއި ޔޫނާނީންނާއި ރޫމީންނާއި އަރަބީން ހިމެނެއެވެ. މީގެ އިތުރުން ޞަލީބީންނާއި އުސްމާނީ ތުރުކީންނާއި ފަރަންސޭސީން ވެސް ހިމެނެއެވެ. ލުބުނާނުގެ ސަގާފަތް ބައްޓަންވެގެން ދިއުމުގައި މި ފަރާތްތަކުގެ ނުފޫޒު ވަރަށް ބޮޑެވެ. މީގެ ތެރެއިން ވެސް ބޮޑަށް ފާހަގަކޮށްލެވެނީ އަރަބީންނާއި ފަރަންސޭސީންނެވެ.
ލުބުނާނަކީ އަރަބި ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން އެންމެ ހުނަރުވެރި މަސައްކަތު މީހުން ތިބި ޤައުމެވެ. އެހެންކަމުން ބޭރު ޤައުމުތަކުގައި މަސައްކަތްކުރާ ލުބުނާނު މީހުން ޤައުމަށް ފޮނުވާ ފައިސާއަކީ ވެސް ލުބުނާނުގެ އިޤްތިޞާދުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ އެއްޗެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 13952 ޑޮލަރެވެ.
1 2 Cite error: Invalid<ref> tag; no text was provided for refs namedcia 1 2 "La Constitution Libanaise" (in French). Le Conseil Constitutionnel de la République Libanaise. Archived fromthe original on 1206765601. Retrieved22 July 2009 .{{cite web }}:Check date values in:| archive-date= (help ) ;
Unknown parameter| dead-url= ignored (| url-status= suggested) (help ) ↑ ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ. 1 2 3 4 "Lebanon" . International Monetary Fund. Retrieved2009-10-01 .↑ Human Development Report 2009 . The United Nations. Retrieved 5 October 2009↑ "Lebanon" .Alertnet . Thomson Reuters Foundation. Retrieved2009-10-27 .↑ Cite error: Invalid<ref> tag; no text was provided for refs namedBritannica