Movatterモバイル変換


[0]ホーム

URL:


Jump to content
ވިކިޕީޑިއާމިނިވަން އެކުމާފާނު
ހޯއްދަވާ

ތިލެޔޮކޯޅި

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ތިލެޔޮކޯޅި

ތިލެޔޮކޯޅި (ސައިންޓިފިކް ނަން:Sesamum indicum) އަކީ ރާރުހި ފަތާ ވައްތަރަށް ފަތްހުންނަ ކުޑަގަހެކެވެ. މިއީ ބޭހަށް ބޭނުންކުރާ އެއްޗެކެވެ.ތިލެޔޮ އަކީ ތިލެޔޮ ގަހުގެ އޮށުން ހަދާ ތެލެވެ. ދިވެހި ބޭހުގެ ތެރޭގައި އެންމެ ގިނައިން ބޭނުން ކުރަނީ ތިލެޔޮ އެވެ. ތިލެޔޮކޯޅި ހެދެނީ 3-2 ފޫޓުގެ އުސްމިނަށެވެ. ތިލެޔޮ ކޯޅީގެ ފަތުގެ ބޮޑުމިނުގައި 5.5 އިންޗީގެ ދިގުމިން ހުރެއެވެ. ދިވެހި ބަހަށްތިލެޔޮ މިބަސް ނަގާފައިވަނީ އުރުދޫ ނުވަތަ ސާންސްކްރިތު ބަހުން ކަމަށް ލަފާކުރެވެއެވެ.

ތިލެޔޮ އޮށް ބައެއް ކަހަލަ ޕާން ބަނަސް ފަދަ ތަކެތި ހަދާއިރު ބޭނުން ކުރެއެވެ. ހަމަ މިހެން ބައެއް ކަހަލަ ފޮނިކާ ތަކެތި ތައްޔާރު ކުރާއިރު ވެސް މިގަހުގެ އޮށް ބޭނުން ކުރެއެވެ.

ތިލެޔޮ އޮށް
https://dv.wikipedia.org/w/index.php?title=ތިލެޔޮކޯޅި&oldid=114273 އިން

[8]ページ先頭

©2009-2026 Movatter.jp