Movatterモバイル変換


[0]ホーム

URL:


Jump to content
ވިކިޕީޑިއާމިނިވަން އެކުމާފާނު
ހޯއްދަވާ

ފުރަމޭ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
Liver
Liver of asheep: (1) right lobe, (2) left lobe, (3) caudate lobe, (4) quadrate lobe, (5) hepatic artery and portal vein, (6) hepatic lymph nodes, (7) gall bladder.
Position of the liver (red) in the human abdomen.
Gray'ssubject #250 1188
Arteryhepatic artery
Veinhepatic vein,portal vein
Nerveceliac ganglia,vagus[1]
Precursorforegut
MeSHLiver

މިއީ މޭގަނޑެވެ.ފުރަމޭ ނުވަތަ (އިނގިރޭސި ބަހުން:Liver) އަކީއިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ.މިއީ ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމް(އިނގިރޭސި ބަހުން:Metabolism) ގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ތަފާތު އެތައް ވަޒީފާތަކެއް މިގުނަވަނުން އަދާކުރެއެވެ. އޭގެ ތެރޭގައި ގްލައިކަޖަން(އިނގިރޭސި ބަހުން:Glycogen)ރައްކާކުރުން،ޕްލާޒްމާ ޕްރޮޓީން(އިނގިރޭސި ބަހުން:Plasma protein) އުފެއްދުން، އަދިލޭގެ ތެރޭގައި ހުންނަ ވިހަސާފުކުރުން ހިމެނެއެވެ. ފުރަމޭގެ ބޮޑުބައި އޮންނަނީ ކަނާތް ފަރާތުގައެވެ. މިގުނަވަން އޮންނަނީފުއްޕާމޭއާއި ޑައަފްރަމްގެ ތިރިން ބަނޑާއި މޭ ގުޅޭ ހިސާބުގައެވެ. ފުރަމޭ އިންބައިލް(އިނގިރޭސި ބަހުން:Bile) ކިޔާ ދިޔައެއް އުފައްދައެވެ. މިއީ ހަޖަމުކުރުމުގައި އެހީތެރިވެދޭ ދިޔައެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރެވޭހެޕަޓިކް، ހެޕަޓޯ(އިނގިރޭސި ބަހުން:Hepatic/Hepato) ފަދަ ބަސްތަކުން ދޭހަކޮށްދެނީ ފުރަމޭ އާގުޅުންހުރި މިހެންނެވެ.



އެނަޓަމީ

[އުނިއިތުރު ގެންނަވާ]

ފުރަމޭގެ ވަޒީފީ ޔުނިޓް

[އުނިއިތުރު ގެންނަވާ]

ފުރަމޭ ގެ ބަރުދަނުގައި އެވްރެޖް ގޮތެއްގައި 1.5 ކިލޯ ގްރާމް ހުރެއެވެ. ފުރަމޭގެ ތެރޭގައި ހުންނަ ކުދިކުދި ވަޒީފީ ޔުނިޓް ތަކަށް ކިޔަނީލޮބިޔޫލްނުވަތަ (އިނގިރޭސި ބަހުން:Lobule) އެވެ. ފުރަމޭ ގެ ތެރޭގައި މިފަދަ ޔުނިޓްތައް 50 ހާހާއި 100 ހާހާއި ދެމެދުގެ އަދަދަކަށް ހުރެއެވެ. މިއިން ކޮންމެލޮބިޔޫލް އެއް އުފެދިފައިވަނީހެޕަޓަސައިޓް ތައް އެތުރިގެން ހެދިފައިވާ ކޮލަމް ތަކަކުންނެވެ. ކޮންމެ ކޮލަމެއް އަނެއް ކޮލަމަކާ ވަކިކޮށްދެނީ ކުދިކުދިލޭހޮޅިތަކުންނެވެ.

އެތެރެހަށީގެ ގުނަވަންތައް ދައްކައިދޭ ކުރެހުމެއް

ފުރަމޭ އޮންނަތަން

[އުނިއިތުރު ގެންނަވާ]

ފުރަމޭގެ ބޮޑުބައެއް އޮންނަނީ އެތެރެހަށީގައި ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. އަދި އެތެރެހަށިން ހަށިގަނޑުގެ މެދާއި، އަދި ވާތް ފަރާތުގައި ވެސް ފުރަމޭގެ ބައެއް އޮވެއެވެ. މިގުނަވަން އޮންނަނީފުއްޕާމޭ އާއި ޑައަފްރަމްގެ ބަނޑާއި، މޭ ގުޅޭ ހިސާބުގައެވެ.

ފުރަމޭގެ ބައްޓަން

[އުނިއިތުރު ގެންނަވާ]

ފުރަމޭ އޮންނަނީ އަނބެއްގެ ބައްޓަމަށެވެ. ފުރަމޭގެ 5 ފަރާތް ހުރެއެވެ. އެއީ މަތީ ފަރާތް، ތިރީ ފަރާތް، ކުރިމަތި ފަރާތް، ފުރަގަހު ފަރާތް، އަދި ކަނާތު އަރިމަތީ ފަރާތް އެވެ. ކަނާތު އަރިމަތީ ފަރާތަކީ އަނބެއްގެ ސިފަޔަށް ފުރަމޭ އޮންނައިރު އޭގެ ތިރީކޮޅެވެ. ފުރަމޭގެ އެއް ފަރާތް އަނެއް ފަރާތާއި ވަކިކުރެވިފައި ހުންނަ ބޯޑަރުތައް އެހާ ރަގަޅަކަށް ނުހުރެއެވެ. ހަމައެކަނި ރަގަޅަށް ވަކިވެފައި އިންނަނީ ތިރީ ބޯޑަރު އެވެ. ތިރީ ބޯޑަރު އަކީ ކުރިމަތީ ފަރާތާއި، ކަނާތު އަރިމަތީ ފަރާތް، ތިރީ ފަރާތާއި ވަކިކޮށްދޭ ބޯޑަރެކެވެ.

ފުރަމޭގެ ހުރިހާ ފަރާތްތަކެއް ހުންނަނީ ޕެރިޓޯނިއަމް ނުވަތަ (އިނގިރޭސި ބަހުން:Peritoneum) އޭ ކިޔޭ ދުލިފަށަލަ އިން ނިވާކުރެވިފައެވެ. މިދުލިފަށަލައިން ނިވާނުވާ ތަންކޮޅެއް ފުރަމޭގެ ތެރޭގައި އިނދެއެވެ. އެތަނަށްކިޔަނީ ފުރަމޭގެ ހުސް ޖާގަ ނުވަތަ (އިނގިރޭސި ބަހުން:Bare area of Liver) އެވެ.

ފުރަމޭގެ ލޯބްތައް

[އުނިއިތުރު ގެންނަވާ]

ފުރަމޭ އެކުލެވިގެންވަނީ ދެ ލޯބް ގެ މައްޗަށެވެ. އެއީ ކަނާތު ލޯބް އާއި ވާތު ލޯބް އެވެ. މިތަނުން ބޮޑުވާނީ ކަނާތު ލޯބް އެވެ. ދެލޯބް ވަކިކުރަނީ އަންނަނިވި ބައިތަކުންނެވެ.

    • ފަލްސިފޯރމް ލިގަމެންޓް ތަތްވެފައިވާ ތަން: މިބައި ހުންނަނީ ކުރިމަތީ ފަރާތް އަދި މަތީ ފަރާތުގައެވެ.
    • ލިގަމެންޓަމް ވީނޯސަމް އިންނަ އަޑިކޮޅު:ނުވަތަ (އިނގިރޭސި ބަހުން:Fissure for ligamentum venosum) މިތަން އިންނަނީ ފުރަގަހު ފަރާތު ގައެވެ.
    • ލިގަމެންޓަމް ޓިރީސް އިންނަ އަޑިކޮޅު:ނުވަތަ (އިނގިރޭސި ބަހުން:Fissure for ligamentum teres) މިތަން އިންނަނީ ތިރީ ފަރާތުގައެވެ.

ފުރަމޭގެ ސަތަޙަތައް

[އުނިއިތުރު ގެންނަވާ]
    • ކުރިމަތީ ފަރާތް ނުވަތަ (އިނގިރޭސި ބަހުން:Anterior surface)

ފުރަމޭގެ ކުރިމަތީ ފަރާތް އިންނަނީ ޑައަފްރަމް އަދިމައިދާގެ ކުރިމަތީ ފަރާތާއި ޖެހިފައި އިންނަ ގޮތަށެވެ.

ފުރަމޭގެ މަތީ ފަރާތް ވެސް އިންނަނީ ޑައަފްރަމް އާއި ޖެހިފައި އިންނަ ގޮތަށެވެ. ޑައަފްރަމް އަކީ ފުރަމޭ މަތީ ފަރާތް،ފުއްޕާމޭގެ ތިރިއާއި، އަދިހިތްއާއި ވަކިކޮށްދޭ ހުރަހެކެވެ.

ފުރަމޭގެ މަތީ ފަރާތް ދައްކައިދޭ ކުރެހުމެއް
    • ފުރަގަހު ފަރާތް ނުވަތަ (އިނގިރޭސި ބަހުން:Posterior surface)

ފުރަމޭގެ ފުރަގަހު ފަރާތް ނުވަތަ ފަހަތު ފަރާތް އެކުލެވިގެންވަނީ މައިގަނޑު 3 ބައެއްގެ މައްޗަށެވެ.

      • ފުރަމޭ ހުސް ޖާގަ: މިއީ ތިނެސްކަން ބައްޓަމަން އިންނަ ޖާގައެކެވެ. ނުވަތަ ސަރަހައްދެކެވެ. ތިނެސްކަން ބައްޓަމަން މިޖާގަ އިންނަ އިރު އޭގެ ކޮޅު އިންނަނީ ކަނާތް ފަރާތާއި ދިމާވާގޮތަށެވެ. އަދި އޭގެ ބުޑުގަނޑުގައި އިންނަނީއިންފީރިއާ ވީނާ ކޭވާ ޖެހިފައި އިންނަ ވަޅުގަނޑު ނުވަތަ އަޑިކޮޅު އެކެވެ.
      • އިންފީރިއާ ވީނާ ކޭވާ ނުވަތަ (އިނގިރޭސި ބަހުން:Inferior vena cava) ޖެހިފައި އިންނަ އަޑިކޮޅު:ނުވަތަ (އިނގިރޭސި ބަހުން:Groove for IVC) މިއީ ފުރަމޭގެ ހުސް ޖާގަ އިގެ ބުނޑުގައި އިންނަ ފުން އަޑިކޮޅު އެކެވެ. މިއަޑިކޮޅު އިންނަނީ ޕެރިޓޯނިއަމް އޭ ކިޔޭ ދުލިފަށުން ނިވާކުރެވިފައެއް ނޫނެވެ. މިއަޑިކޮޅުގައި ޖެހިފައި އިންނަނީ އިންފީރިއާ ވީނާ ކޭވާ ގެ މަތީ ބައެވެ.
      • ކޯޑޭޓް ލޯބް:ނުވަތަ (އިނގިރޭސި ބަހުން:Caudate lobe) މިއީ އިންފީރިއާ ވީނާ ކޭވާ ޖެހިފައި އިންނަ އަޑިކޮޅު ގެ ވާތް ފަރާތުގައި އިންނަ ލޯބް އެކެވެ. މިލޯބްގެ ވަށައިގެން ބޯޑަރުލެވިފައިގޮތް މިވަނީ އެވެ. ކަނާތް ފަރާތުގައި އިންނަނީ އިންފީރިއާ ވީނާ ކޭވާ ޖެހިފައި އިންނަ އަޑިކޮޅު އެވެ. ވާތް ފަރާތުގައި އިންނަނީ ލިގަމެންޓަމް ވީނޯސަމް އިންނަ އަޑިކޮޅު އެވެ. ތިރިން އިންނަނީ ޕޯޓާ ހެޕަޓިސް ނުވަތަ (އިނގިރޭސި ބަހުން:Porta hepatis) އެވެ. އަދި މަތިން އިންނަނީ ވާތު ފުރަމޭ ވެއިން އާއި، ލިގަމެންޓަމް ވީނޯސަމް އެވެ.

ފުރަމޭގެ ތިރީ ފަރާތް ވާތު ލޯބް ގައި ފާހަގަކުރެވިފައިވަނީ އެތަނުގައިވާ ގެސްޓްރިކް އިމްޕްރެޝަން ނުވަތަ (އިނގިރޭސި ބަހުން:Gastric impression) އޭ ކިޔޭ އަޑިކޮޅު ގެ ސަބަބުންނެވެ. މިއީމައިދާގެ ޖިސްމު އެތަނެއްގައި ޖެހިފައި އިންނަ އަޑިކޮޅެވެ. މިއަޑިކޮޅުގެ ކަނާތް ފަރާތުގައި އޮމާންކޮށް ވަށްކޮށް އިންނަ އުފުލުމެއް ހުރެއެވެ. މިއުފުލުމަށް ކިޔަނީ ޓޫބާ އޯމެންޓޭލް ނުވަތަ (އިނގިރޭސި ބަހުން:Tuber omentale) އެވެ. މިއުފުލުމަކީ ލެސަރ އޯމެންޓަމް ނުވަތަ (އިނގިރޭސި ބަހުން:Lesser omentum) ގެ ތިރީ ފަރާތް ޖެހިފައިވާ އުފުލުމެވެ.

ފުރަމޭގެ ތިރީ ފަރާތް ދައްކައިދޭ ކުރެހުމެއް
      • ކޯޑްރޭޓް ލޯބް:ނުވަތަ (އިނގިރޭސި ބަހުން:Quadrate lobe) މިއީ ފުރަމޭގެ ތިރީ ފަރާތުން ކަނާތު ލޯބް ގައި ދިގުއަކަ އެއްހެން އިންނަ ބައެކެވެ. މިލޯބް ވަށައިގެން ބޯޑަރު ކުރެވިފައިވާ ގޮތް މިވަނީއެވެ. ކުރިމަތިން އިންނަނީ ފުރަމޭ ތިރީ ފަރާތެވެ. ފަހަތުން ނުވަތަ ފުރަގަހުން އިންނަނީ ޕޯޓާ ހެޕަޓިސް އެވެ. ވާތް ފަރާތުން އިންނަނީ ލިގަމެންޓަމް ޓިރީސް އިންނަ އަޑިކޮޅު އެވެ. އަދި ކަނާތް ފަރާތުން އިންނަނީފިތް ޖެހިފައި އިންނަ ވަޅުގަނޑު ނުވަތަ އަޑިކޮޅު އެވެ.

ފުރަމޭގެ ތިރީ ފަރާތް ކަނާތު ލޯބްގައި ހުންނަ ގޮތް މިވަނީއެވެ.ފިތް ޖެހިފައި އިންނަ ވަޅުގަނޑު ނުވަތަ އަޑިކޮޅު ނުވަތަ (އިނގިރޭސި ބަހުން:Gall bladder fossa) ގެ ކަނާތް ފަރާތުން ހުންނަނީ ތަފާތު 3 ބައެއް ޖެހިފައި ހުންނަ އަޑިކޮޅު ތަކެކެވެ. މިގޮތުން ފުރަތަމަ އިންނަ ޑުއަޑީނަލް އިމްޕްރެޝަން ނުވަތަ (އިނގިރޭސި ބަހުން:Douadenal impression) އޭ ކިޔާ އަޑިކޮޅަކީޑުއަޑީނަމް ގެ ދެވަނަ ބައިގެ މަތީބައި ޖެހިފައި އިންނަ އަޑިކޮޅެވެ. އެޖެހިގެން އިންނަ ކޮލިކް އިމްޕްރެޝަން ނުވަތަ (އިނގިރޭސި ބަހުން:Colic impression) އޭ ކިޔާ އަޑިކޮޅަކީމައްޗަށްއަރާ ފަލަ ގޮހޮރު އަދިހުރަސް ފަލަ ގޮހޮރު ގުޅޭކަން ޖެހިފައި އިންނަ އަޑިކޮޅެވެ. އެޖެހިގެން އިންނަ ރީނަލް އިމްޕްރެޝަން ނުވަތަ (އިނގިރޭސި ބަހުން:Renal impression) އޭ ކިޔާ އަޑިކޮޅަކީ ކަނާތުގުރުދާ ގެ ކުރިމަތި ޖެހިފައި އިންނަ އަޑިކޮޅެވެ.

    • ކަނާތު އަރިމަތީ ފަރާތް ނުވަތަ (އިނގިރޭސި ބަހުން:Right lateral surface)

ފުރަމޭގެ ކަނާތު އަރިމަތީ ފަރާތް ވެސް ޖެހިފައި އިންނަނީ ޑައަފްރަމް ގައެވެ. މިހިސާބުގައި ޑައަފްރަމްއަކީ 6ން 11 ވަނަ ކައްޓާއި ހަމައަށް ހުންނަ މޭމަތީގެ ކަށިތަކާއި، ކަނާތުފުއްޕާމޭ، ފުރަމޭ އާއި ވަކިކޮށްދޭ ހުރަހެކެވެ.

ޕޯޓާ ހެޕަޓިސް

[އުނިއިތުރު ގެންނަވާ]

ޕޯޓާ ހެޕަޓިސް އަކީ ފުރަމޭގެ މެދުގައި އިންނަ އަޑިކޮޅެކެވެ. މިއަޑިކޮޅަކީ އެއަޑިކޮޅެއްގެ ތެރެއިން ފުރަމޭ އަށް އޭގެ ލޭހޮޅިތައް ވަދެފައި ހުންނަ އަޑިކޮޅެވެ. ޕޯޓާ ހެޕަޓިސްގެ ތެރެއިން ގޮސް ފުރަމޭގެ ތެރެއަށް ވަދެފައިވާ ބައިތަކަކީ،ހެޕަޓިކް ޑަކްޓްތައް،ފުރަމޭ އާޓަރީ އަދި އޭގެ ގޮފިތައް،ޕޯޓަލް ވެއިން އަދި އޭގެ ގޮފިތަކެވެ.

ފުރަމޭ އަދި އެއާއި ގުޅިފައިވާބިލިއަރީ ނިޒާމް ދައްކައިދޭ ކުރެހުމެއް

ފުރަމޭގެ ތެރޭގައި ލޭދައުރުވާ ނިޒާމް

[އުނިއިތުރު ގެންނަވާ]

ކޮންމެ މިނިޓަކު ފުރަމޭ އަށް 1500 މިލިލީޓަރުގެ ލޭ ވާޞިލް ވެއެވެ. ނުވަތަ ފޯރުކޮށް ދެއެވެ. މިލޭ ފުރަމޭ އަށް ފޯރަނީ މައިގަނޑު 2 މަސްދަރަކުންނެވެ. އެއީ ޕޯޓަލް ވެއިން ނުވަތަ (އިނގިރޭސި ބަހުން:portal vein)، އަދި ފުރަމޭ އާޓަރީ ނުވަތަ (އިނގިރޭސި ބަހުން:Hepatic artery) އިންނެވެ. މިދެލޭހޮޅިން ފުރަމޭ އަށް އަންނަ ލޭ ކޮންމެ ހެޕަޓަސައިޓްނުވަތަ (އިނގިރޭސި ބަހުން:Hepatocyte) އެއްގެ މެދުގައިވާސެންޓްރަލް ވެއިންނުވަތަ (އިނގިރޭސި ބަހުން:Central vein) އަށް ވާޞިލްވެ، އެއަށްފަހު ފުރަމޭ ވެއިން އަށް ވާޞިލްވެއެވެ. އަދި އެއަށްފަހުއިންފީރިއަރ ވީނާ ކޭވާނުވަތަ (އިނގިރޭސި ބަހުން:Inferior vena cava) އަށް އެލޭތައް ވާޞިލް ވެއެވެ.

ފުރަމޭގެ ވަޒީފާ

[އުނިއިތުރު ގެންނަވާ]

ފުރަމޭގެ ލޭދައުރުވާ ނިޒާމުންކުރާ މަސައްކަތްތައް

[އުނިއިތުރު ގެންނަވާ]

ލޭ ރައްކާކުރުން

[އުނިއިތުރު ގެންނަވާ]

ފުރަމޭގައި އެވްރެޖް ގޮތެއްގައި އަބަދުވެސް 450 މިލިލީޓަރުގެލޭ ރައްކާކޮށްފައި ބަހައްޓައެވެ. މިލޭ ރައްކާކޮށްފައި ހުންނަނީ ހެޕަޓަސައިޓްގެ ތެރޭގައި ހުންނަ ކުދިކުދިލޭހޮޅި ތަކުގައެވެ. ހަށިގަނޑަށް ލޭ ބޭނުންވުން އިތުރުވެގެންދާ ޙާލަތްތަކުގައި ފުރަމޭގެ ތެރޭގައި ހުންނަ މިލޭ ހަށިގަނޑުގައި ހިނގާ ލޭގެ އާރަށް ފޮނުވާލައެވެ. މިސާލަކަށް ލޭހިލުން ފަދަ ޙާލަތްތަކުގައި މިގޮތަށް ވެގެންދާނެއެވެ.

ލޭ ސާފުކުރުން

[އުނިއިތުރު ގެންނަވާ]

ފުރަމޭގައި ހުންނަ މެކްރަފޭޖް ސެލްތައް ކަމުގައިވާކަޕްފާރސް ސެލް ތަކުންކުޑަ ގޮހޮރު އިން ޕޯޓަލް ވެއިން ގެ ތެރެއިން ފުރަމޭ އަށް އަންނަ ޖަރާސީމް ތަކުގެ 99 އިންސައްތަ ދިރުވައި ނައްތާލައެވެ. މީގެ އިތުރުން ހަށިގަނޑާއި ބީރައްޓަހި މާއްދާތައް ވެސް މިބުނި ސެލްތަކުން ނައްތާލައެވެ.

ބައިލް އުފެއްދުން

[އުނިއިތުރު ގެންނަވާ]

ފުރަމޭގެ ތެރޭގައިބައިލް ސޯލްޓް(އިނގިރޭސި ބަހުން:Bile salt) އުފައްދައި ބޭރުކުރެއެވެ. އަދިބައިލް ޕިގްމެންޓް(އިނގިރޭސި ބަހުން:Bile pigements) ތައް ވެސް އުފައްދައި ބޭރުކުރެއެވެ. މީގެ އިތުރުން ފުރަމޭގެ ތެރޭގައިޕްލާޒްމާ ޕްރޮޓީން އާއި ، ލޭގަނޑުވުމުގައި ބައިވެރިވާ ބައެއް މާއްދާތައް އުފައްދައެވެ. އަދި 25-ހައިޑްރޮކްސީ ކޮލެކެލްސިފިރޯލް ނުވަތަ (އިނގިރޭސި ބަހުން:25-Hydroxycholecalciferol)ކިޔާ މާއްދާއެއް ވެސް އުފައްދައެވެ.

އެތެރެހަށީގެ ބައިތަކަށް ލޭފޯރުކޮށްދޭ ގޮތް ދައްކައިދޭ ކުރެހުމެއް

މެޓަބޮލިޒަމް އާއި ގުޅުންހުރި މަސައްކަތްތައް

[އުނިއިތުރު ގެންނަވާ]

ކާބޯހައިޑްރޭޓް މެޓަބޮލިޒަމް

[އުނިއިތުރު ގެންނަވާ]
  • ލޭގައި ހަކުރު ނުވަތަ ގުލޫކޯޒްގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުން:(އިނގިރޭސި ބަހުން:Glucostasis) މިމަސައްކަތުގައި ފުރަމޭ ބައިވެރި އެވެ. ލޭގައި ހަކުރުގެ މިންވަރު މަތިވެއްޖެނަމަ ނުވަތަ ގިނަވެއްޖެނަމަ އެގިނަވީ ބައި ފުރަމޭ އަށް ނަގައެވެ. އެއަށްފަހު ފުރަމޭގެ ތެރޭގައި ގުލޫކޯޒް ގްލައިކަޖަން(އިނގިރޭސި ބަހުން:Glycogen) އަދި ފެޓް އަށް ބަދަލުކުރުވައެވެ. މިއާ ޚިލާފަށް ލޭގައި ހަކުރު ގެ މިންވަރު މަދުވެއްޖެނަމަ ފުރަމޭއިންލޭގެ ތެރެއަށް ހަކުރު ނުވަތަ ގުލޫކޯޒް ހަށިގަނޑަށް ބޭނުން ވަރަށް ފޮނުވާލައެވެ. ގުލްކޯޒް ގްލައިކަޖަން އަށް ބަދަލުވުން (އިނގިރޭސި ބަހުން:Glycogenesis) އަދި ގުލްކޯޒް ފެޓް އަށް ބަދަލުވުން (އިނގިރޭސި ބަހުން:Lipogenesis) މިއީ ކުރިން ބުނި ދެމަސައްކަތަށް ކިޔާ ނަންތަކެވެ.

ޕްރޮޓީން މެޓަބޮލިޒަމް

[އުނިއިތުރު ގެންނަވާ]
  • އަމީނޯ އެސިޑް ނުވަތަ (އިނގިރޭސި ބަހުން:Amino acids) އިން އަމީން ނުވަތަ (އިނގިރޭސި ބަހުން:Amine) ވަކިކޮށްދިނުން: މިމަސައްކަތުގެ ތެރޭގައި އުފެދޭ ކީޓޯ އެސިޑް (އިނގިރޭސި ބަހުން:Ketoacids) ތައް އޮކްސިޑައިޒް ކުރުވައެވެ. ނުވަތަ ކާބޯހައިޑްރޭޓް އެހެންނޫނީ ފެޓް އަށް ބަދަލުކުރުވައެވެ.
  • އެމޯނިޔާ (އިނގިރޭސި ބަހުން:Ammonia) ޔޫރީއާ (އިނގިރޭސި ބަހުން:Urea) އަށް ބަދަލުކުރުން: އެމޯނިޔާ އުފެދެނީ ކުރިން ބުނި އަމީނޯ އެސިޑް އިން އަމީން ވަކިކުރުމުގެ ތެރޭގައެވެ. ހަމަމިހެން ގޮހޮރުގެ ތެރޭގައި ހުންނަ ބެކްޓީރިޔާ ތަކުން ވެސް އެމޯނިޔާ އުފެދެއެވެ. އެމޯނިޔާ ޔޫރީއާ އަށް ބަދަލުވުމަކީ ކޮންމެހެން ހަށިގަނޑަށް ބޭނުންވާ ކަމެކެވެ. ސަބަބަކީ އެމޯނިޔާ ލޭގެ ތެރޭގައި ގިނަވެ ޖަމާވެއްޖެނަމަނާރުތަކުގެ ނިޒާމްއަށް އަސަރުކޮށް މީހާގެ މަރާއި ހަމައަށް ގެންދިއުމަކީ ވެދާނެ ގޮތެކެވެ. އެއީ އެމޯނިޔާ އަކީ ނުރައްކާތެރި ވިހަގަދަ މާއްދާއަކަށްވާތީ އެވެ.
  • ޔޫރިކް އެސިޑް ނުވަތަ (އިނގިރޭސި ބަހުން:Uric acid) އުފެއްދުން
  • މުހިއްމު ނޫން ބައެއް އަމީނޯ އެސިޑް ތައް އުފެއްދުން
  • އެއް އަމީނޯ އެސިޑް އަނެއް އަމީނޯ އެސިޑް އަށް ބަދަލުވުން
  • ޕްލާޒްމާ ޕްރޮޓީން އުފެއްދުން: ދުވާލަކު 15 އާއި 50 ގްރާމް އާއި ދެމެދުގެ އަދަދަކަށް ފުރަމޭ އިންޕްލާޒްމާ ޕްރޮޓީން އުފައްދައެވެ.
  • ލޭގަނޑުވުމުގައި ޝާމިލްވާ ބައެއް މާއްދާތައް އުފެއްދުން

ފެޓް މެޓަބޮލިޒަމް

[އުނިއިތުރު ގެންނަވާ]
  • ހަކަތަ އުފެއްދުމަށް ފެޓީ އެސިޑް ތައް އޮކްސިޑޭޓް ކުރުން: ތަބީޢީ ފެޓް ނުވަތަ ސަރުބީ ފުރަތަމަ ބަދަލުވަނީ ގްލިސަރޯލް (އިނގިރޭސި ބަހުން:Glycerol) އަދި ފެޓީ އެސިޑް (އިނގިރޭސި ބަހުން:Fatty acids) އަށެވެ.މިބަދަލުވުމަށް ކިޔަނީ ސަރުބީ ވިރުން ނުވަތަ ސަރުބީ ބައިބައިވުން (އިނގިރޭސި ބަހުން:lipolysis)އެވެ. އެއަށްފަހު ފެޓީ އެސިޑް އޮކްސިޑޭޓް ވެގެން އަސީޓައިލް ރެޑިކަލް (އިނގިރޭސި ބަހުން:Acetyl radicles) އުފެދެއެވެ. މިބުނި އަސީޓައިލް ރެޑިކަލް ކޯއެންޒައިމް-އޭ (އިނގިރޭސި ބަހުން:Co-enzyme-A) އާއި އެއްވުމުން އަސީޓައިލް-ކޯ (އިނގިރޭސި ބަހުން:Acetyl coA) އުފެދިގެން ދެއެވެ. ސިޓްރިކް އެސިޑް ބުރު (އިނގިރޭސި ބަހުން:Citric acid cycle) ގައި އަސީޓައިލް-ކޯ ގެ ބައެއް އޮކްސިޑައިޒް ވެގެން އެތަކެއް ހަކަތައެއް އުފައްދައެވެ. އަނެއްބައި އަސީޓޯ އަސީޓިކް އެސިޑް (އިނގިރޭސި ބަހުން:Acetoacetic acid) އަށް ބަދަލުވެ، ފުރަމޭގެ ސެލްތަކުން ފަހުން މިބުނި އެސިޑް ލޭގެ ތެރެއަށް ފޮނުވާލުމުން ލޭގެ ޒަރީޢާއިން އެހެނިހެން ޓިޝޫތަކަށް ބަދަލުވެ، އެޓިޝޫތަކުގެ ތެރޭގައި އޮކްސިޑައިޒް ވެގެން ދެއެވެ.
  • ކޮލެސްޓިރޯލް، ލިޕޯޕްރޮޓީން، އަދި ފޮސްފަލިޕިޑް އުފެއްދުން: ކޮލެސްޓިރޯލް ގެ 80 އިންސައްތަބައިލް ސޯލްޓް އަށް ބަދަލުވަނީ ފުރަމޭގެ ތެރޭގައެވެ. ބާކީ 20 އިންސައްތަ ލިޕޯޕްރޮޓީން (އިނގިރޭސި ބަހުން:Lipprotein) އަދި ފޮސްފަލިޕިޑް (އިނގިރޭސި ބަހުން:phospholipids)އާއެކު އެހެން ޓިޝޫތަކަށް ނަގުލު ކުރެއެވެ. އެހެން ޓިޝޫތަކުގެ ތެރޭގައި ލިޕޯޕްރޮޓީން ބައިބައިވެގެން ދެއެވެ. އަދި އެއިން އުފެދޭ ފެޓް އޮކްސިޑައިޒް ވުން ނޫނީ ރައްކާ ކުރެއެވެ. ފޮސްފަލިޕިޑް އަދި ކޮލެސްޓިރޯލް ސެލް ތަކުގެ ބޭރު ފަށަލަ އުފެދުމުގައި އޭގެ އޮނިގަނޑުން ޖާނގަ ހޯދައެވެ.
  • ކާބޯހައިޑްރޭޓް އަދި ޕްރޮޓީން އިން ފެޓް އުފެއްދުން: މިމަސައްކަތް މައިގަނޑު ގޮތެއްގައި ހިންގަނީ ފުރަމޭގެ ތެރޭގައެވެ.

ރައްކާ ކުރުމުގެ މަސައްކަތް

[އުނިއިތުރު ގެންނަވާ]

ލޭ، ގްލައިކަޖަން، ފެޓް ރައްކާ ކުރުމުގެ އިތުރުން އަންނަނިވި މާއްދާތައް ވެސް ފުރަމޭގައި ރައްކާކޮށް ގުދަން ކުރެއެވެ.

  • ބައެއް ވިޓަމިންތައް: ޚާއްޞަކޮށްވިޓަމިން އޭ،ވިޓަމިން ޑީ، އަދިވިޓަމިން ބީ12 ރައްކާކުރެއެވެ. އެކި ވިޓަމިން ރައްކާކޮށްފައި ބަހައްޓަނީ އެކި މުއްދަތަށެވެ. ވިޓަމިން-އޭ 10 މަސް ދުވަހުގެ މުއްދަތަށް ރައްކާކޮށްފައި ބަހައްޓައެވެ. ވިޓަމިން-ޑީ 3 ނުވަތަ 4 މަސް ދުވަހުގެ މުއްދަތަށް ރައްކާކޮށްފައި ބަހައްޓައެވެ. އަދި ވިޓަމިން-ބީ12 12 މަސްދުވަހުގެ މުއްދަތަށް ރައްކާކޮށްފައި ބަހައްޓައެވެ.
ބިލިއަރީ ނިޒާމްގެ ބައިތައް ދައްކައިދޭ ކުރެހުމެއް
  • ދަގަނޑު:ދަގަނޑުނުވަތަ (އިނގިރޭސި ބަހުން:Iron) ފުރަމޭގެ ސެލްތަކުގައި ރައްކާކުރެވިފައި ހުންނަނީ ފެރިޓިން (އިނގިރޭސި ބަހުން:Ferritin) ގެ ސިފައިގައެވެ. ލޭގެ ތެރޭގައި ދަގަނޑުގެ މިންވަރު މަދުވުމުން ފުރަމޭގައި ހުންނަ ފެރިޓިން އިން ދަގަނޑުގެ ބައި ލޭގެ ތެރެއަށް ދޫކޮށްލައެވެ. އަދި ލޭގެ ދަގަނޑުގެ މިންވަރު މަތިވުމުން ފުރަމޭ އަށް އެބައި ނަގައި ފުރަމޭގައި ރައްކާކޮށްފައި ބަހައްޓައެވެ.

އެހެންކަމުން ފުރަމޭ އަކީލޭގެ ރަތް ސެލް ތައް އުފެއްދުމުގެ މަސައްކަތް ހިންގުމަށް ބޭނުންތެރި ގުނަވަނެކެވެ. ސަބަބަކީ މިމަސައްކަތަށް ބޭނުންވާ ބައެއް މާއްދާތައް ފުރަމޭ އިން ފޯރުކޮށްދޭތީ އެވެ. އޭގެ ތެރޭގައި ވިޓަމިން-ބީ12،ދަގަނޑު، އަދިހިމަގްލޯބިން ގައި ހިމެނޭ ގްލޯބިން (އިނގިރޭސި ބަހުން:Globin)ގެ ބައި ހިމެނެއެވެ. މީގެ އިތުރުންލޭގެ ރަތް ސެލް މާބަނޑުގައި އޮންނަ ދަރިފުޅުގެ ހަށިގަނޑުގައި ފުރަމޭ އިން އުފައްދައި ދެއެވެ.

ވިހަ ސާފުކުރުމާއި، ހަރަކާތް ނުކުރާނޭގޮތް ހެދުމުގެ މަސައްކަތް

[އުނިއިތުރު ގެންނަވާ]
  • ވަރަށް ގިނަ ބޭސްތަކުގައި އެކުލެވޭ ވިހަ ބައި ފުރަމޭގެ ތެރޭގައި ސާފު ކުރެއެވެ. މިސާލަކަށްސަލްފަނަމައިޑްސް ،ޕެނިސިލިން،އިރިތްރަމައިސިން ފަދަ ބޭސްތަކުގެ ވިހަ ފުރަމޭގެ ތެރޭގައި ސާފު ކުރުވައެވެ.
  • ވަރަށް ގިނަ ހޯރމޯން ތަކުގެ ބާރު ފުރަމޭގެ ތެރޭގައި ކަނޑުލާވައެވެ. އަދި އެހޯރމޯންތައް މަސައްކަތް ނުކުރާނޭ ގޮތް ފުރަމޭގެ ތެރޭގައި ހަދައެވެ.

ދޫކުރާ ހޯރމޯންތައް

[އުނިއިތުރު ގެންނަވާ]

އިންސޫލިން ލައިކް ގްރޯޘް ފެކްޓަރ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު:އިންސޫލިން ލައިކް ގްރޯޘް ފެކްޓަރ

އިންސޫލިން ލައިކް ގްރޯޘް ފެކްޓަރ ނުވަތަ (އިނގިރޭސި ބަހުން:Insulin like growth factor) ތަކަކީ އިންސޫލިން އާ ވައްތަރު ގޮތެއް ހުންނަ ޕޮލިޕެޕްޓައިޑް ތަކެކެވެ. އިންސޫލިން ލައިކް ގްރޯޘް ފެކްޓަރ އަކީކޮމްޕްލެކްސް ސިސްޓަމް(Complex system) ބައެކެވެ. އިންސޫލިން ލައިކް ގްރޯޘް ފެކްޓަރ އުފައްދައި ދޫކުރަނީ ފުރަމޭ ގެ ތެރޭގައި ހުންނަހެޕަޓަސައިޓް(Hepatocyte) ތަކުންނެވެ. އިންސޫލިން ލައިކް ގްރޯޘް ފެކްޓަރ ދެވައްތަރު ވެއެވެ. އެއީ އިންސޫލިން ލައިކް ގްރޯޘް ފެކްޓަރ1 އަދި އިންސޫލިން ލައިކް ގްރޯޘް ފެކްޓަރ2 އެކެވެ.

އެންޖީއޯޓެންސިން

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު:އެންޖީއޯޓެންސިން

އެންޖީއޯޓެންސިން ނުވަތަ (އިނގިރޭސި ބަހުން:Angiotensin) އަކީފުރަމޭ ގެ ތެރޭގައި ހުންނަހެޕަޓަސައިޓް(Hepatocyte) ތަކުން އުފައްދައި ދޫކުރާ އޮލިގޯޕެޕްޓައިޑް އެކެވެ. މިމާއްދާ ގެ ސަބަބުން ލޭހޮޅިތައް ހަނިވުން(Vasoconstriction) ، ކުރިމަތިކުރުވައި، ލޭގެ ޕްރެޝަރު މަތިކުރުވައި، އެޑްރީނަލް ގްލޭންޑް ގެ ކޯޓެކްސް(Adrenal cortex) އިންއަލްޑަސްޓަރޯން(Aldosterone) ދޫކުރުން މެދުވެރި ކުރުވައެވެ. އެންޖީއޯޓެންސިން އަކީ ބާރުގަދަޑިޕްސަޖަން (Dipsogen) އެކެވެ. އެންޖީއޯޓެންސިން އުފެދިގެން އަންނަނީ އޭގެ ޕްރިކޯސަރ މޮލިކިއުލް ކަމުގައިވާ ފުރަމޭގައި އުފެދޭއެންޖީއޯޓެންސިނަޖަން(Angiotensinogen) އިންނެވެ.


ތްރޮމްބޯ ޕޮއިއިޓިން

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު:ތްރޮމްބޯ ޕޮއިއިޓިން

ތްރޮމްބޯ ޕޮއިއިޓިން ނުވަތަ (އިނގިރޭސި ބަހުން:Thrombopoietin) އަކީފުރަމޭ އަދިގުރުދާ އިން އުފައްދާ ގްލައިކޯ ޕްރޮޓީން ހޯރމޯން އެކެވެ. މިހޯރމޯން އަކީ ކަށީގެ މަދުގައިޕްލޭޓްލެޓްތައް އުފެއްދުން ތަންޒީމްކުރާ ހޯރމޯން އެކެވެ. ކަށީގެ މަދުގައި ހިމެނޭމެގަކެރީއޯސައިޓް(Megakaryocyte) ތައް އުފެދި ބައިބައިވެގެން ދިއުމަށް ބާރު އަޅައެވެ. ޕްލޭޓްލެޓްތައް އުފެދިގެން އަންނަނީ މިބުނި ސެލްތައް ބައިބައިވެގެން އައުމުގެ ތެރޭގައެވެ.

ފުރަމޭގެ ބަލިތައް

[އުނިއިތުރު ގެންނަވާ]
  • ފުރަމޭ ބޮޑުވުން ނުވަތަ (އިނގިރޭސި ބަހުން:Hepatomegaly)
  • ފުރަމޭއަށް އަނިޔާވުން ނުވަތަ (އިނގިރޭސި ބަހުން:Liver trauma)
  • ފުރަމޭގެ އިންފެކްޝަންތައް ނުވަތަ (އިނގިރޭސި ބަހުން:Liver infections)

ފުރަމޭގެ ކެންސަރު

[އުނިއިތުރު ގެންނަވާ]

ފުރަމޭގެ ކެންސަރު(އިނގިރޭސި ބަހުން:Liver cancer) އަކީ ދުނިޔޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ފުރަމޭ ގެ ކެންސަރު ޖެހެނީ ފުރަމޭ ދުޅަވުން، އަދި ފުރަމޭ ހަލާކުވުން ފަދަ ކަމެއް މެދުވެރިވެގެންނެވެ. ފުރަމޭގެ ކެންސަރު ޖެހޭމީހުންގެ 20-10 އިންސައްތަ އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ.

ފުރަމޭ ދުޅަވުން

[އުނިއިތުރު ގެންނަވާ]

ފުރަމޭ ދުޅަވުން (އިނގިރޭސި ބަހުން:Hepatitis) އަކީ އެއްވެސް ސަބަބަކާ ހެދި ފުރަމޭ ގައި އިންފްލެމޭޝަން އުފެދުމެވެ. ފުރަމޭ ދުޅަވުން މެދުވެރިވެއްޖެނަމަ އިންފްލެމޭޓަރީ ސެލްތައް ފުރަމޭގައި އިތުރުވެގެން ދެއެވެ. އެންމެ އާންމު ގޮތެއްގައި ފުރަމޭ ދުޅަވަނީ ވައިރަސް އެއްގެ ސަބަބުންނެވެ. ފުރަމޭ ދުޅަވުމުގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ވައިރަސްގެ އިތުރުން ތަފާތު ވައްތަރުގެ ވިހަތައް، ބައެއް ކަހަލަ އިންފެކްޝަންތައް، އަދި ބައެއް ކަހަލަ ބޭސްތަކާއި މިނޫން ކަންތައް ތަކުގެ ސަބަބުން ވެސް ފުރަމޭ ދުޅަވުން މެދުވެރި ކުރުވައެވެ.

  • ފުރަމޭގައި ސަރުބީ ޖަމާވުން ނުވަތަ (އިނގިރޭސި ބަހުން:Fatty liver)

ފުރަމޭގެ މަސައްކަތް ހުރިނެތްގޮތް ބަލާ ޓެސްޓްތައް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު:ފުރަމޭގެ މަސައްކަތް ބެލުމަށް ކުރެވޭ ޓެސްޓްތައް


ފުރަމޭގެ އެންޒައިމްތަކުގެ މިންވަރު ބެލުމަށް ބަރޯސާވާ ޓެސްޓްތައް

[އުނިއިތުރު ގެންނަވާ]
  • ލޭގައި ޓްރާންސް އަމައިނޭސް ނުވަތަ (އިނގިރޭސި ބަހުން:Transaminase) ތަކުގެ މިންވަރު ހުރިނެތްގޮތް ބެލުން: އަސްޕަރްޓޭޓް ޓްރާންސްއަމައިނޭސް ނުވަތަ (އިނގިރޭސި ބަހުން:Aspartate transaminase) ލޭގައި ހުންނަނީ ކޮންމެ ލިޓަރެއްގައި 40-8 ޔުނިޓާއި ދެމެދުގެ މިންވަރަކަށެވެ. އަލަނީން ޓްރާންސްއަމައިނޭސްނުވަތަ (އިނގިރޭސި ބަހުން:Alanine transaminase) ލޭގައި ހުންނަނީ ކޮންމެ ލިޓަރެއްގައި 30-5 ޔުނިޓާއި ދެމެދުގެ މިންވަރެކެވެ.


ބަޔާން ކުރެވުނު ދެވައްތަރުގެ އެންޒައިމް ފުރަމޭ،ހިތް ، އަދިކަށި މަސް ގައި ހުރެއެވެ. އެހެން ކަމުން މިބުނި ޓިޝޫތަކަށް ގެއްލުން ލިބުމުން ނުވަތަ އެޓިޝޫތަކުގެ ބަލިތަކުގެ ސަބަބުން މިއެންޒައިމްތަކުގެ މިންވަރު ލޭގައި އިތުރުވެގެން ދެއެވެ. މިސާލަކަށް މަޔޯކާޑިއަލް އިންފާރކްޝަން އަދި ފުރަމޭ ދުޅަވުން ފަދަ ބަލިތަކުގައި ލޭގައި މިއެންޒައިމްތަކުގެ މިންވަރު އިތުރުވެގެން ދެއެވެ.


  • ލޭގައި އަލްކަލައިން ފޮސްފަޓޭސް ނުވަތަ (އިނގިރޭސި ބަހުން:Alkaline phosphatse) ގެ މިންވަރު ހުރިނެތްގޮތް ބެލުން: އަލްކަލައިން ފޮސްފަޓޭސް ލޭގައި ހުންނަނީ ކޮންމެ ލިޓަރެއްގައި 39-13 ޔުނިޓާއި ދެމެދުގެ މިންވަރަކަށެވެ.


ބަޔާން ކުރެވުނު އެންޒައިމް ފުރަމޭ، ކަށި،ކުޑަ ގޮހޮރު، އަދި މާބަނޑުން ފައިބާ މަސް ގައި ހުރެއެވެ. ފުރަމޭގެ ބަލިތަކާއި ގުޅިގެން ލޭގައި އަލްކަލައިން ފޮސްފަޓޭސް ގެ މިންވަރު އިތުރުވެގެން ދެއެވެ.


  • ލޭގައި ގާމާ ގުލޫޓަމައިލް ޓްރާންސްޕެޕްޓައިޑޭސްނުވަތަ (އިނގިރޭސި ބަހުން:Gamma glutamyl transpeptidase) ގެ މިންވަރު ހުރިނެތްގޮތް ބެލުން: ގާމާ ގުލޫޓަމައިލް ޓްރާންސްޕެޕްޓައިޑޭސް ލޭގައި ހުންނަނީ ކޮންމެ ލިޓަރެއްގައި 50-10 ޔުނިޓާއި ދެމެދުގެ މިންވަރަކަށެވެ.

މިއެންޒައިމްގެ މިންވަރު ލޭގައި ފުރަމޭގެ ބައެއް ބަލިތަކާއި ގުޅިގެން އިތުރުވެގެން ދެއެވެ. ޚާއްޞަކޮށް ބަނގުރާ ބުއިމުން ކުރިމަތިވާ ފުރަމޭގެ ބަލިތަކުގައި މިއެންޒައިމްގެ މިންވަރު ލޭގައި އިތުރުވެގެންދާކަން ފާހަގަ ކުރެވެއެވެ.


ޕްލާޒްމާ ޕްރޮޓީންގެ މިންވަރު ބެލުމަށް ބަރޯސާވާ ޓެސްޓްތައް

[އުނިއިތުރު ގެންނަވާ]
  • ލޭގައި އަލްބިޔޫމިން ނުވަތަ (އިނގިރޭސި ބަހުން:Albumin) ގެ މިންވަރު ހުރިނެތްގޮތް ބެލުން: އަލްބިޔޫމިން އުފައްދަނީ ހަމައެކަނި ފުރަމޭ އިންނެވެ. ލޭގައި ކޮންމެ ޑެސިލިޓަރެއްގައި 5-3.5 ގްރާމްގެ އަލްބިޔޫމިން ހުރެއެވެ. އެވްރެޖް ގޮތެއްގައި މިއަދަދު އުޅެނީ 4.2 ގްރާމްގައެވެ.


  • އަލްބިޔޫމިން / ގްލޯބިޔުލިން ގެ ނިސްބަތް ބެލުން: މިނިސްބަތް އާންމުކޮށް ހުންނަނީ 2:1 ގައެވެ.


  • ލޭގައި ޕްރޯތްރޮމްބިން ނުވަތަ (އިނގިރޭސި ބަހުން:Prothrombin) ހުރި މިންވަރު ބެލުމާއި، ޕްރޯތްރޮމްބިން ވަގުތު ނުވަތަ (އިނގިރޭސި ބަހުން:Prothrombin time) ބެލުން: ލޭގައި ޕްރޯތްރޮމްބިން ހުންނަނީ ކޮންމެ ޑެސިލިޓަރެއްގައި 15-10 މިލިގްރާމާއި ދެމެދުގެ މިންވަރަކަށެވެ. ޕްރޯތްރޮމްބިން ވަގުތު އާންމު ގޮތެއްގައި ހުންނަނީ 14-12 ސިކުންތާއި ދެމެދުގައެވެ. ޕްރޯތްރޮމްބިން ވަގުތު ފުރަމޭގެ ބަލިތަކުގައި ދިގުވެގެން ދެއެވެ. އަދި ލޭގައި ޕްރޯތްރޮމްބިން ހުންނަ މިންވަރު ފުރަމޭގެ ބަލިތަކުގައި ދަށްވެގެން ދެއެވެ.


  • ޕްލާޒްމާ ޕްރޮޓީންގެ އާންމު ގޮތެއްގައި ހުންނަ މިންވަރުތައް
    • ޖުމްލަ ޕްލާޒްމާ ޕްރޮޓީން: ކޮންމެ ޑެސިލިޓަރެއްގައި 8.5-6.5 ގްރާމް
    • އަލްބިޔޫމިން: ކޮންމެ ޑެސިލިޓަރެއްގައި 5-3.5 ގްރާމް
    • ގްލޯބިޔުލިން: ކޮންމެ ޑެސިލިޓަރެއްގައި 3-2 ގްރާމް
    • އަލްބިޔޫމިން / ގްލޯބިޔުލިން ގެ ނިސްބަތް: 2:1
  • ފުރަމޭގެ ދާއިމީ ނުވަތަ ކްރޯނިކް ބަލިތަކުގައި މިސާލަކަށް ފުރަމޭ ހަލާކުވުން ފަދަ ބަލިތަކުގައި އަލްބިޔޫމިން ގެ މިންވަރު ދަށްވެއެވެ. ގްލޯބިޔުލިން ތަކުގެ މިންވަރު މަތިވެއެވެ. އަދި ޖުމްލަ ޕްލާޒްމާ ޕްރޮޓީންގެ މިންވަރަށް ބަދަލެއް ނާދެއެވެ. އަލްބިޔޫމިން / ގްލޯބިޔުލިން ނިސްބަތް ބައެއް ފަހަރު ދަށްވެ، ބައެއް ފަހަރު މަތިވުމަކީ ވެސް ވެދާނެ ގޮތެކެވެ.


  • ފުރަމޭގެ ވަގުތީ ނުވަތަ އެކިއުޓް ބަލިތަކުގައި މިސާލަކަށް ފުރަމޭ ދުޅަވުން ފަދަ ބަލިތަކުގައި ގްލޯބިޔުލިން ތަކުގެ މިންވަރު އިތުރުވެގެން ދެއެވެ. އަދި އަލްބިޔޫމިންގެ މިންވަރަށް ބަދަލެއް ނާދެއެވެ.


  • ލޭގައި އެމޯނިޔާ ހުރި މިންވަރު ބެލުން: ފުރަމޭ ފޭލްވުން ފަދަ ބަލިތަކުގައި އެމޯނިޔާގެ މިންވަރު ލޭގައި އިތުރުވެ މަތިވެގެންދެއެވެ.

ފުރަމޭއިން އުފައްދާ ބައިލް ޕިގްމެންޓް ތަކަށް ބަރޯސާވާ ޓެސްޓްތައް

[އުނިއިތުރު ގެންނަވާ]
  • ލޭގެ ބިލިރޫބިން

އާންމު ގޮތެއްގައި ލޭގައި ބިލިރޫބިންނުވަތަ (އިނގިރޭސި ބަހުން:Bilirubin) ހުންނަނީ ކޮންމެ ޑެސިލިޓަރެއްގައި 1-05 މިލިގްރާމާއި ދެމެދުގެ މިންވަރެއްގައެވެ. ލޭގައި ބިލިރޫބިން މަތިވުން ކުރިމަތިވާ ހުރިހާ ބަލިތަކާއި ރީނދޫވުން ފަދަ ބަލިތަކުގައި މިމިންވަރު އިތުރުވެގެން ދެއެވެ.


  • ކުޑަކަމުދާ ތަކެތީގެ ބިލިރޫބިން

އާންމު ގޮތެއްގައި ކުޑަކަމުދާ ތަކެތި ގައި ބިލިރޫބިން އެއް ނުހުންނާނެއެވެ. ނަމަވެސް ރީނދޫވުމުގެ ބައެއް ވައްތަރުތަކުގައި ކުޑަކަމުދާ ތަކެތި ގައި ބިލިރޫބިން ހުންނާނެއެވެ.


  • ކުޑަކަމުދާ ތަކެތީގައި ޔޫރޯބިލިނޯޖަން

ދުވާލަކު 2.5-05 މިލިގްރާމްގެ ޔޫރޯބިލިނޯޖަންނުވަތަ (އިނގިރޭސި ބަހުން:Urobilinogen) ކުޑަކަމުދާ ތަކެތި އާއެކު ބޭރުވެގެން ދެއެވެ. މިމިންވަރު ރީނދޫވުން ގެ ބައެއް ވައްތަރުތަކުގައި މަތިވެފައި އަނެއްބައި ވައްތަރުގައި ދަށްވެގެން ދެއެވެ.


  • ބޮޑުކަމުދާ ތަކެތީގައި ސްޓާކޯބިލިނޯޖަން

ދުވާލަކު 250-50 މިލިގްރާމްގެ ސްޓާކޯބިލިނޯޖަން ނުވަތަ (އިނގިރޭސި ބަހުން:stercobilinogen) ބޮޑުކަމުދާ ތަކެތި އާއެކު ބޭރުވެގެން ދެއެވެ. މިމިންވަރު ރީނދޫވުން ގެ ބައެއް ވައްތަރުތަކުގައި މަތިވެފައި އަނެއްބައި ވައްތަރުގައި ދަށްވެގެން ދެއެވެ.


ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގެ މަސައްކަތަށް ބަރޯސާވާ ޓެސްޓްތައް

[އުނިއިތުރު ގެންނަވާ]
  • ގުލްކޯޒް ޓޯލަރެންސް ޓެސްޓް: ނުވަތަ (އިނގިރޭސި ބަހުން:Glucose tolerance test)
  • ގަލަކްޓޯސް ޓޯލަރެންސް ޓެސްޓް: ނުވަތަ (އިނގިރޭސި ބަހުން:Galactose tolerance test)

ފެޓް މެޓަބޮލިޒަމްގެ މަސައްކަތަށް ބަރޯސާވާ ޓެސްޓްތައް

[އުނިއިތުރު ގެންނަވާ]
  • ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 200-150 މިލިގްރާމްގެ ކޮލެސްޓިރޯލްނުވަތަ (އިނގިރޭސި ބަހުން:cholesterol) އެކުލެވިގެން ވެއެވެ. ރީނދޫވުމުގެ ބައެއް ވައްތަރުގައި ކޮލެސްޓިރޯލް ލޭގައި އިތުރުވެގެން ދެއެވެ. ފުރަމޭ ފޭލްވުން ފަދަ ބަލީގައި ކޮލެސްޓިރޯލްގެ މިންވަރު ހުންނަނީ އާދައިގެ މިންވަރަކަށެވެ.

ވިހަ ސާފުކުރުމުގެ މަސައްކަތަށް ބަރޯސާވާ ޓެސްޓްތައް

[އުނިއިތުރު ގެންނަވާ]
  • ބްރޯމްސަލްފަލީން ނުވަތަ (އިނގިރޭސި ބަހުން:Bromsulphalein) ޓެސްޓް: މިޓެސްޓް ހެދުމަށް ބްރޯމްސަލްފަލީން ޑައި ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް 5 މިލިގްރާމްގެ ނިސްބަތުން އިންޖެކްޝަން ޖަހައިގެން ލޭގެ ތެރެއަށް ފޮނުވާނީއެވެ. އާންމު ގޮތެއްގައި މި މާއްދާގެ 90 އިންސައްތަ 45 މިނިޓްގެ ތެރޭގައި ލެއިން ސާފުކޮށްލާނެއެވެ. ނަމަވެސް ފުރަމޭގެ ބަލިތަކުގައި ލެއިން ސާފުވާ މިންވަރު މަދުވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން އެޑައި ލޭގައި ޖަމާވާނެއެވެ.
  • ހައިޕިޔުރިކް އެސިޑް ނުވަތަ (އިނގިރޭސި ބަހުން:Hippuric acid) ބޭރުވާ މިންވަރު ބަލާ ޓެސްޓް: މިޓެސްޓް ހެދުމަށް ސޯޑިއަމް ބެންޒައޭޓް ނުވަތަ (އިނގިރޭސި ބަހުން:Na benzoate)ގެ ޓެސްޓް ޑޯޒެއް ދޭނީއެވެ. އެއަށްފަހު ކުޑަކަމުދާ ތަކެތީގައި ހައިޕިޔުރިކް އެސިޑް ހުރި މިންވަރު އެއް ގަޑިއިރު ފަހުން ބަލާނީއެވެ. އާންމުގޮތެއްގައި ވަރަށް ބޮޑަށް މިމާއްދާގެ މިންވަރު ކުޑަކަމުދާ ތަކެތި ގެ ޒަރީޢާއިން ބޭރުވެއެވެ. ނަމަވެސް ފުރަމޭގެ ބަލިތަކުގައި މިމާއްދާ ބޭރުވަނީ ވަރަށް ކުޑަކޮށެވެ.
  • އިންޑޯސިޔަނިން ގްރީން ޓެސްޓް:
  • 14ސީ- އަމީނޯޕައިރިން ބްރޭތް ޓެސްޓް:

ފުރަމޭ ބަދަލު ކުރުން

[އުނިއިތުރު ގެންނަވާ]

ފުރަމޭ ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން ކޮށްފައިވަނީ 1963 ވަނަ އަހަރު އެވެ. މިހާރުވެސް އަހަރަކު 5000 މީހުން ފުރަމޭ ބަދަލުކުރަން ޖެހޭކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ. އަދި ފުރަމޭ ބަދަލުކުރާ މީހުންގެ ތެރެއިން 85 އިންސައްތަ މީހުންގެ ފުރާނަ ސަލާމަތް ކުރެވެއެވެ.

ފުރަމޭ ބަދަލުކުރަންޖެހޭ ބައެއް ޙާލަތްތައް

[އުނިއިތުރު ގެންނަވާ]
    • ފަހު މަރުޙަލާއަށް ގޮސްފައިވާ ފުރަމޭގެ ބަލިތައް: މިސާލަކަށް ފުރަމޭ ހަލާކުވުން
    • ކުއްލިއަކަށް ނުރައްކާތެރި ޙާލަތަކަށް ފުރަމޭ ފޭލްވެގެން ދިއުން
    • ފުރަމޭގެ ކެންސަރު
    • ފުރަމޭ އާ ގުޅުންހުރި ބައެއް ކަހަލަ މެޓަބޮލިކް ބަލިތައް: މިސާލަކަށް ހީމަކްރޯމަޓޯސިސް

ފުރަމޭ ބަދަލުނުކުރެވޭނެ ޙާލަތްތައް

[އުނިއިތުރު ގެންނަވާ]
    • ސިސްޓަމިކް ސެޕްސިސް
    • އެއިޑްސް
    • އެހެންތަނަކަށް ޖެހުނު ކެންސަރުގެ އަސަރު ފުރަމޭއަށް ފޯރުން
    • ހިތާއި ފުއްޕާމޭ އާއި ގުޅުންހުރި ނުރައްކާތެރި ބަލިތައް
    • ޕޯޓަލް ވެއިން ތްރޮމްބޯސިސް
    • ކޮލަންޖިއޯ ކާސިނޯމާ

ފުރަމޭ ބަދަލުކުރުމުން ކުރިމަތިވެދާނެ ކަންތައްތައް

[އުނިއިތުރު ގެންނަވާ]
    • އިންދުނު ފުރަމޭ އަށް ހަށިގަނޑު އިދިކޮޅު ހެދުން
    • އިންދުނު ފުރަމޭ މަސައްކަތް ނުކުރުން
    • އިންފެކްޝަން އަށަގަތުން
    • ކުރިންހުރި ބަލި އަނބުރާ އިޢާދަވުން


އަދިވެސް ބައްލަވަ ލައްވާ

[އުނިއިތުރު ގެންނަވާ]


ރިފަރެންސް

[އުނިއިތުރު ގެންނަވާ]
  • އިގިރޭސި ވިކިޕީޑިއާ
  • އިންޓަނެޓްގެ ބައެއް ވެބްސައިޓްތައް
  • ކުމާރު އެންޑް ކްލާކް ކްލިނިކަލް މެޑިސިން - ސައުންޑާރސް

އިތުރު ފޮޓޯތައް

[އުނިއިތުރު ގެންނަވާ]
  • ހަޖަމް ކުރުމުގެ ނިޒާމް.
    ހަޖަމް ކުރުމުގެ ނިޒާމް.
  • ހަޖަމް ކުރުމުގައި ބައިވެރިވާ ގުނަވަންތައް.
    ހަޖަމް ކުރުމުގައި ބައިވެރިވާ ގުނަވަންތައް.
  • އެންމެ 25 ދުވަސްވީ ކުއްޖެއްގެ ފުރަމޭ އާއި އެއާއި ގުޅިފައިވާ ވެއިންތައް އެތުރިފައި ހުރިގޮތް
    އެންމެ 25 ދުވަސްވީ ކުއްޖެއްގެ ފުރަމޭ އާއި އެއާއި ގުޅިފައިވާ ވެއިންތައް އެތުރިފައި ހުރިގޮތް
  • ފުރަތަމަ ލަމްބަރ ވާޓެބްރާ ގެ މެދުން ހަށިގަނޑު ކަނޑާލުމުން އެހިސާބުގައިވާ ގުނަވަންތައް ފެންނަން ހުންނާނެގޮތް.
    ފުރަތަމަ ލަމްބަރ ވާޓެބްރާ ގެ މެދުން ހަށިގަނޑު ކަނޑާލުމުން އެހިސާބުގައިވާ ގުނަވަންތައް ފެންނަން ހުންނާނެގޮތް.
  • ބަނޑުގެ ކުރިމަތިން ބޮޑު ގޮހޮރު، މައިދާ އާއި އަދި ފުރަމޭގެ ބައިތައް ފާހަގަ ކުރާނެ ނިޝާންތައް ފެންނަން ހުންނާގެ ގޮތް
    ބަނޑުގެ ކުރިމަތިން ބޮޑު ގޮހޮރު، މައިދާ އާއި އަދި ފުރަމޭގެ ބައިތައް ފާހަގަ ކުރާނެ ނިޝާންތައް ފެންނަން ހުންނާގެ ގޮތް
  • ތޮރެއިކް އަދި  އެބްޑޮމިނަލް ވިސެރާ ގެ ޓޮޕޯގްރަފީ.
    ތޮރެއިކް އަދި އެބްޑޮމިނަލް ވިސެރާ ގެ ޓޮޕޯގްރަފީ.
  • ޕޯރޓަލް ޓްރައެޑް
  • ސުޕީރިއަރ ގެ ބައެއް  ("މަތިން") ފެންނަގޮތް  ގްރޭސް އެނަޓޮމީ (1918)
    ސުޕީރިއަރ ގެ ބައެއް ("މަތިން") ފެންނަގޮތްގްރޭސް އެނަޓޮމީ (1918)
  • އިންފީރިއަރ ގެ ބައެއް ("ތިރިން") ފެންނަގޮތް  ގްރޭސް އެނަޓޮމީ (1918)
    އިންފީރިއަރ ގެ ބައެއް ("ތިރިން") ފެންނަގޮތްގްރޭސް އެނަޓޮމީ (1918)
  1. ފަންވަތް:GeorgiaPhysiology
https://dv.wikipedia.org/w/index.php?title=ފުރަމޭ&oldid=126648 އިން
ޤިސްމުތައް:

[8]ページ先頭

©2009-2026 Movatter.jp