|
|---|
|
|
|
|
|
|
| ވެރިރަށް and largest city | Helsinki |
|---|
| ރަސްމީ ބަސްތައް | Finnish,Swedish |
|---|
| އާންމު ސަރަހައްދީ ބަސްތައް | Saami |
|---|
| ދީންތައް | Lutheran |
|---|
| ޑިމޮނިމް | Finns, Finnish |
|---|
| ސަރުކާރު | Semi-presidentialrepublic |
|---|
|
| Sauli Niinistö (NCP) |
|---|
| Alexander Stubb (NCP) |
|---|
| Eero Heinäluoma (SDP) |
|---|
|
|
|---|
|
| March 29, 1809 |
|---|
| December 6, 1917 |
|---|
• Recognized | January 4, 1918 |
|---|
|
ސަރަޙައްދު |
|---|
• Total | 338,424 km2 (130,666 sq mi)(64th) |
|---|
• Water (%) | 10 |
|---|
އާބާދީ |
|---|
• 2009 estimate | 5,352,000[1](111th) |
|---|
• 2000 census | 5,180,000 |
|---|
• Density | 16/km2 (41.4/sq mi)(201st) |
|---|
| ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
|---|
• ޖުމްލަ | $191.406 billion[2](52nd) |
|---|
• ބޮލަކަށް ޖެހެނީ | $36,320[2](20th) |
|---|
| ޖީޑީޕީ (nominal) | 2008 estimate |
|---|
• ޖުމްލަ | $271.867 billion[2](34th) |
|---|
• ބޮލަކަށް ޖެހެނީ | $51,588[2](11th) |
|---|
| ޖިނީ (2000) | 26.9 low |
|---|
| އެޗްޑީއައި (2007) | 0.959[3] Error: Invalid HDI value (12th) |
|---|
| ފައިސާ | Euro (€)¹ (EUR) |
|---|
| ޓައިމް ޒޯން | ޔޫޓީސީ+2 (EET) |
|---|
| ޔޫޓީސީ+3 (EEST) |
|---|
| ޑްރައިވިންގ ސައިޑް | right |
|---|
| ކޯލް ކޯޑް | 358 |
|---|
| އައިއެސްއޯ 3166 ކޯޑް | FI |
|---|
| އިންޓަރނެޓް ޓީއެލްޑީ | .fi,.ax ² |
|---|
|
ފިންލޭންޑަކީ އުތުރު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.
ފިންލޭންޑުގެ ރަސްމީ ބަހަކީ ފިނިޝް ބަހާއި ސްވެޑިޝް ބަހެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭ އެއްބަހަކީ ސާމީ ބަހެވެ. ސާމީ ބަހަކީ ވެސް ރަސްމީ ގޮތުން ޤަބޫލުކުރެވިފައި އޮންނަ ބަހެކެވެ.އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ފިންސް ނުވަތަ ފިނިޝްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ހެލްސިންކީއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ސެމީ ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 112 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 338424 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ fi., .ax އެވެ. ކޯލިން ކޯޑަކީ +358 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
ސުއޯމީ (ފިނިޝް ބަހުން ފިންލޭންޑަށް ކިޔާ ނަން) މި ބަހުގެ އަޞްލާ މެދުގައި މުޅީން ޔަޤީން ނަޒަރިއްޔާއެއް ނެތެވެ. މިއީ ޕްރޮޓޯ-ބަލްތިކް ބަހުން ކިޔާ “ޒީމް” މި ބަހުން ނެގިފައިވާ ބަހެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެހެން ކަމަށް ވެއްޖެ ނަމަ މި ބަހުގެ މާނައަކީ ބިމެވެ.ފިންލޭންޑް މި ބަހަށް ބަލާއިރުގައި ސްކެންޑިނޭވިޔާގެ ރަށްތަކުގެ ނަންތަކާ ގުޅުމެއް ހުރި ކަމަށް ފެނެއެވެ. އެއީ ފިންމާކް ކަހަލަ ނަންނަމަކީ ސްކެންޑިނޭވިޔާގެ ރަށްތަކަށް ކިޔާފައިވާ ނަންނަން ކަމުގައިވާތީއެވެ.ޖުޣުރާފީފިންލޭންޑުގެ ހުޅަނގުގައި އޮންނަނީ ސްވިޑްންއެވެ. އުތުރުގައި އޮންނަނީ ނޯވޭއެވެ. އިރުމަތީގައި އޮންނަނީ ރަޝިޔާއެވެ. ގަލްފް އޮފް ފިންލޭންޑް ހުރަސްކޮށް ދެކުނުގައި އޮންނަނީ އެސްޓޯނިޔާއެވެ.
ފިންލޭންޑު ކުރީން އޮތީ ރަޝިޔާގެ އެމްޕެއަރގެ ދަށުގައެވެ. ފުރަތަމަ ޒާތީ މިނިވަންކަމެއް ލިބުނީ 29 މާރިޗު 1809 ގައެވެ. މިނިވަންކަން އިޢުލާންކުރީ 6 ޑިސެންބަރު 1917 ގައެވެ. މިނިވަން ޤައުމެއް ގޮތުގައި ބަލައިގަނެވުނީ 4 ޖަނަވަރީ 1918 ގައެވެ. ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވީ 1 ޖަނަވަރީ 1995 ގައެވެ.
ފިންލޭންޑުގެ އާބާދީގެ 2.5% ފިޔަވައި އެހެން އެންމެންނަކީ ވެސް ފިނިޝް ނަސްލަށް ނިސްބަތްވާ މީހުންނެވެ.
ފިންލޭންޑްގެ ސަގާފަތާ މެދު ދުނިޔޭގެ ގިނަ ލިޔުންތެރީން ބުނަނީ ޤައުމެއްގެ ސަގާފަތުގެ ހުރިހައި ވެސް އެއްޗަކީ ތަޢުލީމާއި އުނގެނުމާއި ހޭލުންތެރިކަން ކަމަށް ބަލައިގެން މަސައްކަތްކުރާ ސަގާފަތެއް އޮތް ޤައުމެއް ދުނިޔޭގައި އޮތް ނަމަ އެ ޤައުމަކީ ފިންލޭންޑް ކަމުގައެވެ.ވޯލްޑް ޑިމޮކްރަސީ އޯޑިޓުން ޤައުމުތަކަށް ރަނގަޅު ކަމުގެ ވަނަ ދިން އިރުގައި ފިންލޭންޑަށް ދީފައިވަނީ އެއްވަނައެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ޤައުމުތަކުގެ ކޮރަޕްޝަން ކުޑަކަމަށް ބަލައިގެން ހެދި ލިސްޓުގައި ވަރަށް ފުރިހަމަ އެއްވަނައެއް ހޯދާފައިވަނީ ފިންލޭންޑުންނެވެ. ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން ދުނިޔޭގެ ނޫސްވެރިިކަމުގެ މިނިވަންކަން އެންމެ ފުރިހަމަ ޤައުމުތަކުގެ ލިސްޓް އެކުލަވާލި އިރުގައި މި ލިސްޓުގެ ވެސް އެއްވަނައިގައި އޮތީ ފިންލޭންޑެވެ. ޓެކްނޮލޮޖީ ޙާޞިލްކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ނޭޝަން މާސްޓަރއިން އެކުލަވާލި ލިސްޓުގެ އެއްވަނައިގައި ވެސް އޮތީ ފިންލޭންޑް ފިޔަވައި އެހެން ޤައުމެއް ނޫނެވެ.އިންސާނީ ތަރައްޤީ ކަނޑައެޅުމުގައި ގެންގުޅެވޭ މިންގަނޑުތަކަށް ބަލާއިރު:ދުނިޔޭގައި އެންމެ ރަނގަޅު ތަޢުލީމީ ނިޒާމެއް އޮތް ޤައުމުތަކުގެ ލިސްޓްގެ އެއްވަނައިގައި ހަތަރު ޤައުމެއް އޮތް އިރު އޭގެ ތެރެއިން އެއް ޤައުމަކީ ފިންލޭންޑެވެ. އެއްވަނައިގައި އޮތް އަނެއް ތިން ޤައުމަކީ އޮސްޓްރޭލިޔާ އާއި ޑެންމާކާއި ނިއުޒިލޭންޑެވެ.ކުދި ޤައުމުތަކުގެ ތެރެއިން އައު އީޖާދުތަކުގައި އެންމެ ކުރީގައި އުޅޭ ލިސްޓްގައި ފިންލޭންޑަށް ލިބިފައިވަނީ ހަތްވަނައެވެ. މިއީ 110 ޤައުމުގެ ތެރެއިންނެވެ. ލިޔަންކިޔަން ދަތުމުގެ ޕަސެންޓޭޖަށް ބަލާއިރުގައި ފިންލޭންޑުގެ 99% މީހުން ލިޔަންކިޔަން ދަނެއެވެ. އަމިއްލަ ބޭނުންތަކަށް އަމިއްލަ އުފެއްދުން ބޭނުންކުރުމުގެ ލިސްޓުގައި ވެސް ދުނިޔޭގެ 223 ދައުލަތުގެ ތެރެއިން 7 ވަނައިގައި އޮތީ ފިންލޭންޑެވެ. ދުނިޔޭގައި ރީޑިން ލިޓަރެސީ އެންމެ ރަނގަޅު ޤައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ފިންލޭންޑެވެ. ހިސާބު ޢިލްމުގައި އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި ވެސް އޮތީ ފިންލޭންޑެވެ. ސައިންސުގެ ޢިލްމުގައި ވެސް އެންމެ ކުރީގައި އޮތް ޤައުމަކީ ހަމަ ފިންލޭންޑެވެ. ޕްރޮބްލަމް ސޯލްވިންގ ގައި ވެސް އެއްވަނައިގައި އޮތީ ފިންލޭންޑެވެ.ފިންލޭންޑު މީހުން ބުނާ ގޮތުގައި އެމީހުންގެ ތަޢުލީމީ ނިޒާމު ކާމިޔާބުވުމުގެ އެންމެ ބޮޑު ސިއްރަކީ ބިދޭސީ ބަހަކުން ކިޔެވުމުގެ ބަދަލުގައި މާދަރީ ބަހުން ކިޔެވުމެވެ.
ފިންލޭންޑުގައި އޮންނަނީ ވަރަށް ބޮޑަށް އިންޑަސްޓްރިއަލައިޒް ވެފައިވާ ފްރީ މާކެޓް އިކޮނޮމީއެކެވެ. ހުޅަނގުގެ އެންމެ ބޮޑެތި އިޤްތިޞާދުތަކާ ވެސް ފިންލޭންޑުގެ ކުޑަކުޑަ އާބާދީން ދަނީ އިޤްތިޞާދީ މައިދާނުގައި ވަރަށް ރަނގަޅަށް ވާދަ ކުރަމުންނެވެ. މިއީ އެ ޤައުމުގެ ޑިމޮކްރަސީ އާއި ޓްރާންސްޕޭރަންސީ ހަރުދަނާ ވެފައި ކޮރަޕްޝަން ކުޑަކަމުން ލިބިފައިވާ ކުރިއެރުންތަކެެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި މިއީ އެ ޤައުމުގެ ތަޢުލީމީ ނިޒާމުގެ ވަރުގަދަކަމުން ޤައުމަށް ލިބިފައިވާ ހޭލުންތެރިކަމުގެ ނަތީޖާކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. ދުނިޔޭގައި ނަމޫނާ ޤައުމެއް ކަމުގައި ހޮވާލެވޭނެ މި ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 36320 ޑޮލަރެވެ.
- ↑Cite error: Invalid
<ref> tag; no text was provided for refs namedPopulation clock - 1234
"Finland". International Monetary Fund. Retrieved2009-10-01. - ↑Human Development Report 2009. The United Nations. Retrieved 5 October 2009.