Kingdom of Spain
Reino de España
ވެރިރަށްand largest city
Madrid ރަސްމީ ބަސްތައް Spanish [ note 2] އާންމު ސަރަހައްދީ ބަސްތައް Aranese ,Basque ,Catalan/Valencian andGalician ނަސްލު ގުރޫޕުތައް
88.0%Spanish , 12.0% (Romanian ,Moroccan ,Ecuadorian ) other (2009)[ 1] ޑިމޮނިމް Spanish ,Spaniard ސަރުކާރު Parliamentary democracy andConstitutional monarchy Juan Carlos I José Luis Rodríguez Zapatero (PSOE )1479 1516 1716 1978 ސަރަޙައްދު
• Total
504,030 km2 (194,610 sq mi) (51st ) • Water (%)
1.04 އާބާދީ
• 2009 estimate
46,661,950[ 2] (27th ) • Density
[convert: invalid number ] (106th )ޖީޑީޕީ (ޕީޕީޕީ ) 2008 estimate • ޖުމްލަ
$1.395 trillion[ 3] • ބޮލަކަށް ޖެހެނީ
$30,588[ 3] ޖީޑީޕީ (nominal) 2008 estimate • ޖުމްލަ
$1.602 trillion[ 3] • ބޮލަކަށް ޖެހެނީ
$35,116[ 3] ޖިނީ (2005) 32[ 4] Error: Invalid Gini value އެޗްޑީއައި (2007) 0.955Error: Invalid HDI value (15th )ފައިސާ Euro (€ )[ note 3] (EUR )ޓައިމް ޒޯން ޔޫޓީސީ +1 (CET [ note 4] )ޔޫޓީސީ +2 (CEST )ތާރީޚު ފޯމެޓް dd.mm.yyyy (Spanish;CE ) ޑްރައިވިންގ ސައިޑް right ކޯލް ކޯޑް 34 އައިއެސްއޯ 3166 ކޯޑް ES އިންޓަރނެޓް ޓީއެލްޑީ .es [ note 5]
ކިންގްޑަމް އޮފް ސްޕެއިން ނުވަތަ އިސްޕެއިންއަކީ ހުޅަނގު ދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. އިސްޕެއިން އޮންނަނީ އިބޭރިއަން ޕެނިންސޫލާގައެވެ.
އިސްޕެއިނުގެ ރަސްމީ ބަހަކީ އެސްޕަންޏޯލް ނުވަތަ އިސްޕެނިޝްއެވެ. އިނގިރޭސި ބަހުން އިސްޕެއިނު މީހުންނަށް ކިޔަނީ ސްޕެނިޝް ނުވަތަ ސްޕެނިޔާރޑްސްއެވެ.ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ މެޑްރިޑެވެ. އިސްޕެއިނުގެ ވެރިރަށަކީ ވެސް މެޑްރިޑެވެ. އިސްޕެއިނަކީ ޕާލަމެންޓަރީ ޑިމޮކްރަސީއެކެވެ. އަދި ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 46 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 27 ނުވަތަ 28 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.5 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ es. އެވެ. ކޯލިން ކޯޑަކީ +34 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
އިސްޕެއިނުގެ ނަން “ސްޕެއިން” ނުވަތަ “އެސްޕާޏާ” ގެ ނަން އައިސްފައިވާ ގޮތާ މެދު ވަނީ ޚިޔާލު ތަފާތުވެފައެވެ. ޤަދީމީ ރޫމާނީން އިބޭރިއާއަށް ކިޔާފައިވާ ނަން ކަމުގައިވާ ހިސްޕޭނިޔާއަކީ ހިސްޕޭރިޔާ މި ބަހުން ނެގިފައިވާ ނަމެއްކަމަށް ބެލެވިފައިވެއެވެ. “ހިސްޕޭރިޔާ” ގެ މާނައަކީ “ލޭންޑް އޮފް ދަ ސެޓިން ސަން” އެވެ. ބައެއް މީހުން ބުނާ ގޮތުގައި އިސްޕެއިނުގެ ނަން ނެގިފައިވަނީ އިސްޕަނިހާދުންނެވެ. މީގެ މާނައަކީ “ލޭންޑް އޮފް ރެބިޓްސް”އެވެ. ނުވަތަ އެޒްޕަންޏާ މިބަހުންނެވެ. މީގެ މާނައަކީ ކަން ނުވަތަ ކޮޅެވެ.މި ނޫން އެތައް ގޮތަކަށް ވެސް އިސްޕެއިނުގެ ނަމުގެ އަޞްލާ ބެހޭ ގޮތުން ވާހަކަ ދެކެވެއެވެ.
ސްޕެއިނުގެ އިރުމައްޗާއި ދެކުނުގައި އޮންނަނީ މެދުތެރޭ ކަނޑެވެ. ދެކުނު ފަރާތުން ޖިބްރޯލްޓަރާ ވެސް ގުޅިފައިވާ ސްޕެއިނުގެ ދެ ޝަހަރު އުތުރު އެފްރިކާގައި ވެސް އޮވެއެވެ. މި ދެ ޝަހަރުން ސްޕެއިނާ ބޯޑަރު ޙިއްޞާކުރާ ޤައުމަކީ މޮރޮކޯއެވެ. ސްޕެއިނުގެ އުތުރުގައި އޮތީ ފަރަންސޭސިވިލާތާއި އެންޑޯރާ އާއި ބޭއި އޮފް ބިސްކޭއެވެ. ހުޅަނގުއުތުރާއި ހުޅަނގުގައި އޮތީ އެޓްލާންޓިކް ކަނޑާއި ޕޯޗުގަލްއެވެ. މެދުތެރޭ ކަނޑުގައި އޮންނަ ބަލެއަރިކް ޖަޒީރާ އާއި އެޓްލާންޓިކް ކަނޑުގައި އެފްރިކާގެ އައްސޭރިޔާ ދިމާއަށް އޮންނަ ކެނަރީ ޖަޒީރާއަކީ ސްޕެއިނުގެ ދަށުން ހިނގާ ސްޕެއިނުގެ ރަށްރަށެވެ.
ޖުޣުރާފީ ގޮތުން އިސްޕެއިނު އޮތް ތަނުގެ ސަބަބުން ބޭރުގެ ވަރަށް ގިނަ ނުފޫޒުތަކުން ބާރު ފޯރުވަން މަސައްކަތްކުރި ތަނަކަށް އިސްޕެއިނުވަނީ ވެފައެވެ.މީލާދީން 8 ވަނަ ޤަރުނުގައި އުތުރު އެފްރިކާއިން އައި މުސްލިމުންވަނީ އިބޭރިއަން ޕެނިންސޫލާ ފަތަޙަކޮށްފައެވެ.މިއީ އުމަވީ ޚިލާފަތުގެ ދުވަސްވަރުގައެވެ. މުސްލިމުންގެ ވެރިކަމުގެ ދަށުގައި އިސްޕޭނު ނުވަތަ “އަންދަލުސް” އޮތް އިރުގައި ޔަހޫދީންނާއި ނަޞާރާއިންނަށް އެމީހުންގެ ދީން މަތީގައި ތިބުމުގެ ހުއްދަ ދިނެވެ. އަދި އެމީހުންގެ އަޅުކަމުގެ އެއްވެސް ކަމަކަށް މުސްލިމުން ހުރަސް އަޅާފައެއް ނުވެއެވެ. އިސްޕެއިނުގެ އިސްލާމީ ވެރިކަމުގައި އެތަނުގައި ވަރަށް ބޮޑަށް މުސްލިމުން އިތުރުވެގެންދިޔައެވެ.އިސްލާމުންގެ ވެރިކަމުގައި ވެރިރަށެއްގެ ގޮތުގައި އޮތް ޤުރުޠުބާއަކީ މުޅި ޔޫރަޕުގައި ވެސް އޮތް އެންމެ ފުރިހަމަ ޝަހަރެވެ. އިހުޒަމާނުގެ ޔޫނާނީންގެ ޢިލްމު ޔޫރަޕުގައި ފެތުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އިސްޕެއިނުގައި އޮތް މުސްލިމު ވެރިކަމުގެ ފަރާތުންނެވެ.މީލާދީން 16 ވަނަ ޤަރުނާއި 17 ވަނަ ޤަރުނުގައި އިސްޕެއިނުން ވަނީ އެ ޤައުމަށްވުރެ ބޮޑު އެތައް ޤައުމެއް، އެ ޤައުމުގެ އިސްތިޢުމާރުގެ ދަށަށް ގެނެސްފައެވެ. މި ގޮތުން ދެކުނު އެމެރިކާ ބައްރުގެ ވަރަށް ގިނަ ޤައުމުތަކަކީ ސްޕެއިނުގެ ދަށުގައި އޮތް ޤައުމުތަކެވެ. އެހެންކަމުން އެމެރިކާ ބައްރުގައި ކެނެޑާ އާއި އެމެރިކާ އާއި ބްރެޒީލް ފިޔަވައި ދެން ހުރި ހުރިހާ ޤައުމެއްގައިހެން މިއަދުވެސް އެންމެ ގިނަ މީހުން ވާހަކަދައްކަނީ އިސްޕެއިނު ބަހުންނެވެ. އަދި މީގެ ތެރެއިން ގިނަ ޤައުމުތަކުގެ ރަސްމީ ބަހަކީ ވެސް އިސްޕެއިނު ބަހެވެ.
އާބާދީީގައި 46 މިލިޔަން މީހުން ތިބި ސްޕެއިނަކީ އާބާދީގެ ގޮތުން ދުނިޔޭގެ 28 ވަނަ ޤައުމެވެ. އެހެން ނަމަވެސް މިއަހަރު އަންދާސާކުރެވިފައިވާ ގޮތުން ދުނިޔޭގެ އާބާދީގެ ގޮތުން 27 ވަނައިގައި އޮތް ޔުކްރެއިނަށްވުރެ ސްޕެއިނުގެ އާބާދީ އިތުރުވެ، އާބާދީގެ ގޮތުން 27 ވަނަ ސްޕެއިނަށް ލިބޭނެއެވެ.އިިސްޕެއިނުގެ އާބާދީގެ 88% މީހުންނަކީ އިސްޕޭނު ނަސްލުގެ މީހުންނެވެ. އަނެއް 12% ގައި ހިމެނެނީ މޮރޮކޯ، އިކުއެޑޯ އަދި ރުމޭނިޔާ ނަސްލުގެ މީހުންނެވެ.1492 ގައި އިސްޕެއިނުގެ ނަޞާރާއިން އެ ޤައުމުގެ މުސްލިމުން ޤައުމުން ބޭރުކޮށް ފައްސާލައި، އަދި ހިންގި ޤަތުލު ޢާއްމުތަކުގެ ސަބަބުން 800 އަހަރުވަންދެން މުސްލިމުންގެ ވެރިކަން އޮތް ސްޕެއިނުގައި މުސްލިމަކު ނެތި އެތައް ޤަރުނެއް ވޭތުވެގެންދިޔައެވެ. އެހެން ނަމަވެސް މިއަދު އިސްޕެއިނުގައި ކޮންމެވެސް ވަރަކަށް މުސްލިމުން އެބަތިއްބެވެ. އެއީ މިލިޔަނެއްހައި މުސްލިމުންނެވެ. އެއީ ސްޕެއިނުގެ އާބާދީގެ 2.3% އެވެ. ނަޞާރާއިން ޙިއްޞާކުރަނީ އާބާދީގެ 76% އެވެ. ދީނަކަށް ނޫޅާ މީހުންގެ އިން ސައްތައަކީ 20%އެވެ. ޔަހޫދީންގެ އާބާދީއަކީ 0.1%އެވެ.
އިސްޕެއިނުގެ ސަގާފަތަށް ޔޫރަޕު އަދި އުތުރު އެފްރިކާގެ ސަގާފަތުގެ އަސަރާއި ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވެއެވެ. އިޓަލީ ފިޔަވައި ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓުތައް އެންމެ ގިނަ ޤައުމަކީ ވެސް އިސްޕެއިނެވެ. އެއީ 40 ތަނެވެ.
އިސްޕެއިނުގެ އިޤްތިޞާދަކީ ދުނިޔޭގެ 9 ވަނަ އިޤްތިޞާދެވެ. މުޅި ޔޫރަޕަށް ބަލާއިރު ފަސްވަނައަށް އެންމެ ބޮޑު އިޤްތިޞާދަކީ ވެސް އިސްޕެއިނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 35116 ޑޮލަރެވެ.
↑ "Spain" (PDF) . www.focus-migration.de. 2009-01-01. Retrieved2009-09-22 .↑ 1 2 3 4 "Spain" . International Monetary Fund. Retrieved2009-10-01 .↑ ↑ Also serves as theRoyal anthem ↑ In someautonomous communities ,Aranese (Occitan ),Basque ,Catalan/Valencian , andGalician are co-official languages.Bable andLeonese are officially recognised ↑ Prior to 1999 (by law, 2002) :Spanish Peseta . ↑ Except in theCanary Islands , which are in theWET time zone (UTC ,UTC +1 in summer). ↑ The.eu domain is also used, as it is shared with otherEuropean Union member states. Also, the.cat domain is used in Catalan-speaking territories. Cite error:<ref> tags exist for a group named "note", but no corresponding<references group="note"/> tag was found