Movatterモバイル変換


[0]ホーム

URL:


Jump to content
ވިކިޕީޑިއާމިނިވަން އެކުމާފާނު
ހޯއްދަވާ

ރޫސީވިލާތް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން


Российская Федерация
Flag of RussiaCoat of arms of Russia
ދިދަނިޝާން
މޮޓޯ: ނެތް
ޤައުމީ ސަލާމް:ރޫސީވިލާތުގެ ޤައުމީ ސަލާމް
Location of Russia
ވެރިރަށްމޮސްކޯ
އެންމެ ބޮޑު ޝަހަރުވެރިރަށް
ރަސްމީ ބަސް (ތައް)ރޫސީ ބަސް
ސަރުކާރުނިޞްފު-ރިޔާސީފެޑެރަލް ޖުމްހޫރިއްޔާ
ލަޑިމިއަރ ޕޫޓިން
މިޚައިލް ފްރެޑްކޯފް
ފޯމޭޝަން
- ޢިއުލާންކުރީ
- ނިންމުން

ޖޫން 12،1990
ޑިސެމްބަރު 25،1991
އަކަމިން
  ޖުމްލަ
  ފެން (%)
 
17,075,400 އކކމ (1ވަނަ)
13
އާބާދީ
 2006 އަންދާސީ.
 2002 ބޯހިމެނުން

 އަކަބުރަ
 
142,754,000 (9ވަނަ)
145,274,019

އކކމ/8.3(209ވަނަ)
ޖީ.ޑީ.ޕީ (ޕީ.ޕީ.ޕީ)
  ޖުމްލަ
  ޕަރ ކެޕިޓާ
2008 އަންދާސީ
$2.227 ޓްރިލިއަން (7ވަނަ)
$15,696 (-)
އ.ތ.ފ (2004) 0.806 (63ވަނަ) –މެދުމިން
ފައިސާރޫބެލް (RUB)
ވަގުތު ޒޯން
  ހޫނު މޫސުމް (ދ.ރ.ވ)
(ވ.ބ.ގ+2 އިން +12)
(ވ.ބ.ގ+3 އިން +13)
އިންޓަނެޓް މ.ދ.އ.ru (.su ރިޒަރވްކުރެވިފައި)
ފޯން ކޯޑު+7

ރަޝިޔާ ނުވަތަ ރޫސީވިލާތަކީ ބިމުގެ ގޮތުން ބަލާއިރު މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު ޤައުމެވެ. އެއީ މުޅި ދުނިޔޭގެ ބިމުގެ އަށްބައިކުޅަ އެއްބައި ޙިއްޞާކުރާ ޤައުމެވެ.އާބާދީގައި 142 މިލިޔަން މީހުން ތިބި ރަޝިޔާއަކީ އާބާދީގެ ގޮތުން ބަލާއިރު ދުނިޔޭގައި ނުވަވަނައަށް އެންމެ ބޮޑު އާބާދީ އޮތް ޤައުމެވެ.ދުނިޔޭގައި ހުރި ހަކަތަ އުފައްދާ ވަސީލަތްތަކުގެ އެންމެ ބޮޑު ރިޒަރވެއް ހުރީ ރަޝިޔާގައެވެ. އެހެން ކަމުން ރަޝިޔާ ބެލެވިފައިވަނީ ހަކަތައިގެ ސުޕަރ ޕަވަރުގެ ގޮތުގައެވެ.ރަޝިޔާއަކީ އ.ދ ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރު ލިބިގެންވާ ފަސް ޤައުމުގެ ތެރެއިން އެއް ޤައުމެވެ. ދުނިޔޭގައި ރަސްމީ ގޮތުން ނިއުކްލިޔަރ ހަތިޔާރު ހުރި ހަތް ޤައުމުގެ ތެރެއިން އެއް ޤައުމެވެ.ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ވެސް ރަޝިޔާއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ޙާޞިލުކޮށްފައެވެ. މި ގޮތުން އެންމެ ފުރަތަމައަށް ޖައްވަށް މީހަކު ފޮނުވާފައިވަނީ ވެސް ރަޝިޔާއެވެ.ދުނިޔޭގެ ހެރިޓޭޖު ސައިޓުތަކުގެ ތެރެއިން 23 ސައިޓު ހުރީ ރަޝިޔާގައެވެ. އަދި ހަމަ އެހެންމެ ޔުނެސްކޯގެ ބައޮސްފެއަރރިޒަރވްތަކުގެ ތެރެއިން 40 ރިޒަރވް ވެސް ހުރީ ރަޝިޔާގައެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

[އުނިއިތުރު ގެންނަވާ]

ރަޝިޔާގެ ރަސްމީ ބަހަކީ ރޫސީ ބަހެވެ. މީގެ އިތުރުން ކޯ އޮފިޝަލް ބަސްބަހުގެ ގޮތުގައި 27 ބަހެއް ފާހަގަ ކުރެވިފައިވެއެވެ. ވެރިރަށަކީ މޮސްކޯއެވެ. އަދި އެންމެ ބޮޑު ޝަހަރަކީ ވެސް މޮސްކޯއެވެ. ރަޝިޔާއަކީ މަސްހުނި ވެރިކަމުގެ ނިޒާމެއް އޮންނަ، ފެޑަރޭޝަނެކެވެ. ރަޝިޔާގެ ރައީސްކަމުގެ މަޤާމުގައި މިވަގުތު އިިންނެވީ ޑިމިޓްރީ މެޑްވެޑޭފްއެވެ. ބޮޑުވަޒީރަކީ ލަޑިމިޔަރ ޕޫޓިންއެވެ. ޕޫޓިންއަކީ މެޑްވެދޭފް ރައީސްކަމަށް ވަޑައިގަތުމުގެ ކުރީން ރަޝިޔާގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ރަޝިޔާގެ އާބާދީއަކީ 142 މިލިއަނެވެ. ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާއަކީ 11807 ޑޮލަރެވެ. ބިމުގެ ބޮޑުމިނަކީ 17.08 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ru. އެވެ. ކޯލިން ކޯޑަކީ +7 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ރޫބެލްއެވެ.

ނަން

[އުނިއިތުރު ގެންނަވާ]

ރަޝިޔާގެ ނަން ނެގިފައިވަނީ ނުވަވަނަ ޤަރުނުގައި ޤާއިމުވި “ކިއެވެން ރޫސް” އިންނެވެ.

ޖުގުރާފީ

[އުނިއިތުރު ގެންނަވާ]

ރަޝިޔާ އޮތީ އުތުރު ޔޫރޭޝިޔާ (ޔޫރަޕު އަދި އޭޝިޔާ) ގައެވެ. ރަޝިޔާއިން ސީމާ ޙިއްޞާކުރާ ޤައުމުތައް ހުޅަނގުއުތުރުން އިރުދެކުނަށް ހުރީ މިގޮތަށެވެ. އެއީ ނޯވޭ، ފިންލޭންޑް، އެސްޓޯނިޔާ، ލެޓްވިޔާ، ލިތުއޭނިޔާ، ޕޮލެންޑު، ބެލަރުސް، ޔުކްރެއިން، ޖޯޖިޔާ، އާޒަރުބައިޖާން، ކަޒަކިސްތާން، ޗައިނާ، މޮންގޯލިޔާ، ޑެމޮކްރަޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ (އުތުރު ކޮރެއާ)، ޖަޕާން އަދި އެމެރިކާއެވެ.މުޅި އުތުރު އޭޝިޔާ އާއި އުތުރު ޔޫރަޕުގެ 40% ގައި ދެމިގެން ގޮސްފައިވަނީ ރަޝިޔާގެ ބިމެވެ. މުޅި ރަޝިޔާގައި 11 ޓައިމް ޒޯނު އޮވެއެވެ. މީގެ މާނައަކީ ރަޝިޔާގައި ވަގުތުގެ ގޮތުން ތަފާތު 11 ސަރަޙައްދު އޮތުމެވެ.

ތާރީޚު

[އުނިއިތުރު ގެންނަވާ]

ނުވަވަނަ ޤަރުނުގައި ރަޝިޔާގެ ސަރަޙައްދުގައި ކިއެވެން ރޫސްގެ ނަމުގައި ވެރިކަމެއް ޤާއިމުވެގެން ދިޔައެވެ. 10 ވަނަ އަދި 11 ވަނަ ޤަރުނާ ހަމަޔަށް އައިއިރު ޔޫރަޕުގައި އޮތް އެންމެ ބޮޑު އަދި އެންމެ ފުދުންތެރި ބަޔަކީ ކިއެވެން ރޫސްއެވެ.މީލާދީން 980 ވަނަ އަހަރާއި 1015 ވަނަ އަހަރަށް ވެރިކަން ކުރެއްވި ލަޑިމިޔަރ ދަ ގްރޭޓް އާއި މީލާދީން 1019 އިން 1054 އަށް ވެރިކަން ކުރެއްވި އޭނާގެ ދަރިކަލުން ޔުރޮސްލާވް 1 ދަ ވައިސްގެ ދުވަސްވަރު ވެފައިވަނީ ކިއެވްގެ ރަން ދުވަސްވަރުކަމުގައެވެ. ދުނިޔޭގެ އެހެން ޤައުމުތައް ކޮންމެވެސް ބައެއްގެ އަތްދަށުން މިނިވަންވި، މިނިވަން ދުވަހެއް އޮންނަ ކަމުގައި ވިޔަސް ރަޝިޔާއަކު މިނިވަން ދުވަހެއް އެފަދަ ގޮތަކަށެއް ނޯވެއެވެ. ސަބަބަކީ ރަޝިޔާގެ ދިގު ތާރީޚުގައި އެ ޤައުމަކީ މިނިވަން ޤައުމެއްގެ ގޮތުގައި އޮތް ޤައުމެއް ކަމުގައިވާތީއެވެ. ރަޝިޔާގެ ތާރީޚުގެ މުހިއްމު ޙާދިސާތަކަށް ބަލާއިރުގައި މީލާދީން 862 ގައި ރޫރިކް ދަރިކޮލުގެ ވެރިކަން ޤާއިމުވިއެވެ. ހަމަ އެހެންމެ 882 ގައި ކިއެވެން ރޫސް ޤާއިމުވިއެވެ. 1169 ގައި އޮތީ ލަޑިމިޔަރ-ސުޒްޑަލް ރޫސް އެވެ. 1363 ގައި އޮތީ ގްރޭންޑް ޑަޗީ އޮފް މޮސްކޯގެ ވެރިކަމެވެ. ދެން 1547 ގައި ރަޝިޔާގެ ޒާރުންގެ ވެރިކަން ފެށުނެވެ. 1721 ގައި ރަޝިޔާގެ އެންޕަޔަރ ޤާއިމުވިއެވެ. ރަޝިޔާގައި ޖުމްހޫރިއްޔާއެއް ޤާއިމުވީ ފެބްރުއަރީ 1917 ވަނަ އަހަރުގައެވެ. 7 ނޮވެމްބަރު 1917 ގައި ރަޝިޔަން ސޯވިއެޓް ފެޑަރޭޓިވް ސޯޝަލިސްޓް ރިޕަބްލިކް ޤާއިމުވިއެވެ. 1922 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން އުފަންވިއެވެ.ސޯވިއެޓް ޔޫނިއަން އުވި މިހާރު މި އޮތް ގޮތަށް ރަޝިޔާ ހަމަޖެހިގެން ގޮސްފައިވަނީ 1991 ވަނަ އަހަރުގައެވެ.

އިޤްތިޞާދު

[އުނިއިތުރު ގެންނަވާ]

ސޯވިއެޓް ޔޫނިއަން އުވިގެން ދިއުމަށް ފަހުގައި ރަޝިޔާގެ އިޤްތިޞާދަށް ހީނަރުކަމެއް ލިބިގެން ދިޔަ ނަމަވެސް މިއަދު ރަޝިޔާގެ އިޤްތިޞާދު އަންނަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ.

ޑެމޮގްރަފިކްސް

[އުނިއިތުރު ގެންނަވާ]

ރަޝިޔާގެ އާބާދީގެ 79.8% އަކީ ރޫސީ ނަސްލުގެ މީހުންނެވެ. 3.8% އަކީ ތަތާރުންނެވެ. 2% އަކީ ޔުކްރޭނިޔަނުންނެވެ. 1.2% އަކީ ބަޝްކީރީންނެވެ. 1.1% އަކީ ކުއްވާޝުންނެވެ. 0.9% އަކީ ޝީޝާނީންނެވެ. 0.8% އަކީ އަރުމީނިޔަނުންނެވެ. 10.4% އަކީ އެހެން އެކިއެކި ނަސްލުތަކުގެ މީހުންނެވެ.

ސަގާފަތު

[އުނިއިތުރު ގެންނަވާ]

ރަޝިޔާގެ ޤާނޫނު އަސާސީ ބުނާ ގޮތުން ތަޢުލީމަކީ ކޮންމެ ރައްޔިތަކަށް ހިލޭ ދޭން ޖެހޭ އެއްޗެކެވެ. މިކަމުގެ ސަބަބުން ދުނިޔޭގައި ނުވަވަނައަށް އެންމެ އާބާދީ ބޮޑު ޤައުމުގެ ގޮތުގައި އޮތް ރަޝިޔާގައި ލިޔަންކިޔަން ދަތުމުގެ މިންވަރު ހުރީ ވަރަށް މަތީގައެވެ. އެއީ 99.4% އެވެ.ރަޝިޔާގައި އެންމެ ގިނައީ ކްރިސްޓިޔަނުންނާއި މުސްލިމުންނެވެ. ރަޝިޔާގައި 20 ވަރަކަށް މިލިޔަން މުސްލިމުން ތިބިކަމަށް ހިސާބުތަކުން ދައްކައެވެ.ރަޝިޔާއަކީ މުއްސަނދި ސަގާފަތެއް އޮތް ޤައުމެކެވެ.

https://dv.wikipedia.org/w/index.php?title=ރޫސީވިލާތް&oldid=130590 އިން

[8]ページ先頭

©2009-2026 Movatter.jp